ހަބަރު

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.

ބްރޯޑްކޮމް މެމްބަރުކަމަށް ފުރުސަތު ހުޅުވާލާފައިވަނީ ރައީސް އޮފީހުންނެވެ. ރައީސް އޮފީހުން ބުނީ ދެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ އެ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ބްރޯޑްކޮމް މެންބަރުކަމަށް ކުރިމަތިލުން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 އަށް ހުޅުވާލާފައިވެ އެވެ. މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ފުރުސަތު ހުޅުވާލާފައިވާއިރު އެ ކޮމިޝަނުގެ ކުރީގެ މެމްބަރު އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހު މިދިއަ މަހު އިސްތިއުފާ ދެއްވާފައިވެ އެވެ.