އޮފްބީޓް

ބެގެޖް ފީ ނުދަައްކަން މަތި މައްޗަށް 15 ގަމީސް

Jul 10, 2019
1

މަތިންދާބޯޓަށް އަރާ ފަަސިންޖަރުންނަށް ދޭ ބެގެޖް އެލަވަންސްގެ ކުޑަ ވާހަކައަކީ އަބަދުވެސް ކުރާ ޝަކުވާ އެކެވެ. މި މައްސަލަ ހައްލު ކުރުމަށް މޮޅެތި އުކުޅުތައް ބޭނުކޮށް ބެގެޖް ފީ ނުދައްކާ މީހުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެ އެވެ.

ފްރާންސްގެ އެއާޕޯޓަކަށް ދިޔަ ސްކޮޓްލަންޑް ރަށެއްގެ ރައްޔިތެއް ކަމަށްވާ، ޖޯން އާވައިން އަށް ވެސް ދިމާވީ ކަނޑައަޅާފައިވާ އަދަދަށްވުރެ ބެގެޖް އިތުރުވުމުގެ މައްސަލަ އެކެވެ. ފްލައިޓަށް ދޫކޮށްލާ ސާމާނު ގިނަ ވުމުން، ޖޯން ވަނީ މަތިމައްޗަށް 15 ގަމީހާއި ޖަމްޕަރު އެއާޕޯޓު ތެރޭ ހުރެ ލާފަ އެވެ. މި މަންޒަރު ވީޑިއޯކޮށް ޓްވީޓު ކުރީ ޖޯންގެ ދަރިފުޅު އެވެ.

ބެގެޖް ފީ ލުއި ކުރަަން މިކަހަލަ ކަމެއް ކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރު އޭޕްރީލް މަހު، ތޯމަސް ކުކް ފްްލައިޓަކުން ދަަތުރުކުރި ފަސިންޖަރެއް ކަމަށްވާ ނެޓަލީ ވީން ވަނީ ފޮށިން އެއްޗިސް ނަގާ ވަގުތުން ވަގުތަށް ލައިގެން 81 ޑޮލަރު ސަލާމަތްކޮށްފަ އެެވެ. އޭނާ މިކަން ކުރީ، ހަތް ހެދުމާއި، ދެ ބޫޓު، ދެ ސޯޓު، އަދި ސްކާޓް އަކާއި ކާޑިގަން އެއް ލައިގެންނެވެ.

މި ދެމީހުންވެސް ވަނީ އިތުރު ކުރި ހެދުންތަކާއެކު އެއްވެސް މައްސަލަ އެއް ނުޖެހި ފްލައިޓުގައި ދަތުރުކޮށްފަ އެވެ.