އޮފްބީޓް

ބެއާއެއް ގެއަކަށް ވަދެ ވަގަށް ނެގީ ލާޒާނިއާއެއް

ކަނެކްޓިކަޓްގެ ބާކަމްސްޓެޑްގެ ގެއަކަށް ބެއާރ ވަދެ ހުއްޓާ
0%
0%
0%

ބެއާއެއް ދާދި ފަހުން ވަނީ އެމެރިކާގެ ކަނެކްޓިކަޓްގެ ގެއަކަށް ވަދެ އޭ އެތީގެ ބަނޑުހައިހޫނުކަން ފިލުވާފަ އެވެ.

ގޭގައި ހުރި ސީސީޓީވީ ކެމަރާތަކުން ވަނީ މި މަންޒަރުތައް ރެކޯޑްކޮށްފަ އެވެ.

ގޭގެ ވެރިޔާ ހެލެނާ ރިޗާޑްސަން މިވީޑިއޯތައް ފޭސްބުކްގައި ހިއްސާކޮށްފައިވާއިރު އެއް ވީޑިއޯއިން ފެންނަނީ ބެއާއެއް ގޭތެރެއަށް ވަދެ ބަދިގެއަށް ވަދެގެންދާ ތަނެވެ.

އެގެފަހުން ބަދިގޭގައި ހުރި ފްރިޖެއްގެ ދޮރު ހުޅުވައި އޭގައި އޮތް ލާޒާނާއެއް ނަގާ ތަން ފެނެ އެވެ.

މި ބެއާ ގޭގެ ކުޑަދޮރަކު ނުކުމެގެން ދަނީ ފްރިޖުން ނެގި ލަޒާނާ ހިފައިގެންނެވެ.

"އަހަރެންގެ ގޭގައި އަހަރެން އުޅޭހާ އަރާމުކޮށް، ކޮޓަރިއަކުން ކޮޓަރިއަކަށް އޭނާ ދާތަން ފެނޭ. ގަބޫލުކުރަން ވަރަށް ދަތި މަންޒަރެއް. މަންމަ އަހަންނަށް ހަދައިދީފައި ދިޔަ ލާޒާނިއާއެއް އެއީ އަސްލު،" ހެލެނާ ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910