ލައިފްސްޓައިލް

ބީދޭސީންގެ މިސްކިތު މަލާފަތް!

Mar 21, 2025
15
ބީދޭސީންތަކެއް މިސްކިތުގައި ރޯދަ ވިއްލުމަށް ތައްޔާރުވަނީ | ފޮޓޯ: އަވަސް
29.4%
5.9%
64.7%

އޮފީސް ނިންމާލާފައި ގެއަށްދާން ނިކުތްއިރު ހުރީ މަޣުރިބު ނަމާދު ބަންގި ގޮވަން ގާތްވެފަ އެވެ. ބަންގި ގޮވަންވާއިރަށް ގެއާއި ހަމައަށް ނުދެވޭނެތީ ގަސްތުކުރީ ގެއަށްދާ މަގުމަތީ އެންމެ އަވަހަށް ޖެހޭ މިސްކިތަކުން ރޯދަ ވީއްލައި ނަމާދު ކޮށްގެން ގެއަށް ދާށެވެ. އޭރަށް ދެން އޮންނާނީ އިޝާ އާއި ތަރާވީހެވެ.

އާޓިފިޝަލް ބީޗާއި ދިމާލުން މަޖީދީ މަގުން ކުރިއަށް ގޮސް އަފީފުއްދީން މިސްކިތާ ލައްވާލައިފި އެވެ. ނަމަވެސް އެ ސަރަހައްދުގައި ކާ އެއްޗެހީގެ ބައިވަރުތަކާއެކު ބިދޭސީން ބައިބޯވެފައި އޮތުމުން އެތެރެއަށް ވަދެވޭނެ ގޮތެއް ނުވި އެވެ. ދެން ހިނގައި ގަތީ ކައިރީގައި ހުރި ޖާގަ ބޮޑު، އިބްރާހިމް މިސްކިތަށެވެ.

އެތަނުން ފެނުނީ އުފާވާނެ މަންޒަރެކެވެ. މިސްކިތުގެ ބޭރު ގޯތިތެރެ އޮތީ ނަމާދަށް ދިޔަ މީހުނުން ފުރި ބާރުވެފަ އެވެ. އެކަމަކު އެތަނުގައި ވެސް ގިނައީ ބިދޭސީންނެވެ. ކޮންމެސްވަރަކަށް ދިވެހިންވެސް ތިއްބެވެ. ގިނަ ދިވެހިން ފެނުނީ މިސްކިތުގެ ތެރޭގައި ތިއްބަ އެވެ. ބޭރުމަތީގައި އަޑު ގަދަކޮށްލައިގެން އުޅެނީ މުޅީންމެ ބިދޭސީންނެވެ. ބައި ހަދާލައިގެން ދިވެހިންހެ ހަރުގެ ކޭމުގެ ސަގާފަތުގައި އޮންނަ ގޮތަކަށް ވަށް ބުރުތަކަކަށް ބިދޭސީންތައް ކާއެއްޗެއްހި ބަހައްޓައިގެން އޭގެ ވަށައިގެން ބަންގީގެ އަޑަށް އިންތިޒާރު ކުރަނީ ހޯބޯލަވަމުންނެވެ.

މިއީ ދިވެހިންނާ ބީރައްޓެހި ގުޅުން ކުޑަ ސަގާފަތެކެވެ. ދިވެހިންނަކީ އެހެން އުޅޭ ބައެއް ނޫނެވެ. އެކަމަކު މިހާރު ރޯދަ ވީއްލާ ގަޑީގައި ހުރިހާ މިސްކިތަކުންވެސް ފެންނާނީ މި މަންޒަރުހެން ހީވެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި ބިދޭސީންތަކެއް ރޯދަ ވީއްލުމަށް ތައްޔާރުވަނީ -- ފޮޓޯ: އަވަސް

ހަގީގަތުގައި ވެސް އެއީ ދިވެހިންނާ ނުގުޅޭ ވަރަށް ތަފާތު މަންޒަރެކެވެ. އެތަނަށް ޖަމާވެފައިވާ ބިދޭސީން ބައްދައި އޮޅުލަނީ ރޯދަ ވިއްލާ ގަޑީ މިސްކިތުން ބަހަން ބަހައްޓާފައި ހުރި ކާއެއްޗެއްސާ ހެދި އެވެ. ތަޅައިގެންފާނެހެން ވެސް ހީވެ އެވެ. ކާއެއްޗެހި ބަހަން ހުރީ ދޮށީ އުމުރުގެ ދިވެހި ފިރިހެނެކެވެ. ބިދޭސީން ދިމާލަށް ހަޅޭ ލަވަލަވާފައި ވެސް އޭނާ ކާއެއްޗެހި ބަހަމުންދިޔަ އެވެ.

ބިދޭސީންގެ ކޮންމެ މީހަކު ވެސް މިސްކިތުން ލިބެންހުރި ހުރިހާ ބާވަތެއްގެ ކާއެއްޗެހި އެއް ކުރެ އެވެ. އަދި ހިފައިގެން ގޮސް މިސްކިތު ގޯތި ތެރޭ އެކި ތަންތަނުގައި ވަށް ބުރު ހަދައިގެން ރޯދަވިއްލަން ތައްޔާރުވާން ތިބެނީ އެވެ. ބައެއް ދިވެހިން އެބިދޭސީންނާ ދިމާލަށް އެއްޗެއް ނުބުންޏެއް ކަމަކު ތިބެނީ މޫނު ހަދައިގެނެވެ. ލަދުން ކަމަށް ވެދާނެ އެވެ. ބައެއް ދިވެހިން އެތާ ނުތިބެންވެގެން ތިން އޮށް ކަދުރާއެކު މިސްކިތުގެ އެތެރެއަށް ދެ އެވެ.

ބީދޭސީންތަކެއް މިސްކިތުގައި ރޯދަ ވިއްލުމަށް ތައްޔާރުވަނީ | ފޮޓޯ: އަވަސް

އަހަރެންގެ ކެމެރާއިން ފޮޓޯ ނަގަން ހުއްޓާ ބަންގި ގޮވައިފި އެވެ.

ބަންގިއާއެކު ދެން އެ މާހައުލުގައި ހިނގައިދިޔައީ ބުނެދޭންވެސް ނޭނގޭ އަދި ހިތަށް ފުން އަސަރުކުރުވާފަދަ ކަމެކެވެ. ފޮޓޯ ނަގަން އަހަރެން އެތާ ހުއްޓާ ކައިރިއަށް ބިދޭސީންތައް އެތަނުން އެކަކު އަހަންނަށް ރޯދަ ވިއްލާށޭ ކިޔާފައި ފެންފުޅިއަކާއި ކަދުރު ކޮތަޅެއް ދިއްކޮލި އެވެ. އެހެން ދެ މީހަކު ލުއިކާނާ ޕެކެޓަކާއި ޖޫސް ޕެކެޓެއް އަހަރެން އަތަށް ދިނެވެ. އަދި އިތުރު މީހަކު ގުޅަ ބަޖިޔަލާއި އެ ނޫން ވެސް ހެދިކާގެ ބާވަތްތަކުގެ ކޮތަޅެއް ދިނެވެ.

ބީދޭސީންތަކެއް މިސްކިތެއްގައި ރޯދަ ވިއްލުމަށް ތައްޔާރުވަނީ. | ފޮޓޯ: އަވަސް

އޭރު އެތަނުގައި އެތައް ދިވެހިންނެއް މި މަންޒަރުތައް ބަލަން ތިއްބެވެ. ނަމަވެސް އޭގެ ތެރެއިން އެހެނެއް ނޫޅެ އެވެ. ކުޅި ބަލަން ތިބެނީ އެވެ. ބިދޭސީންގެ ޒުވާބުކުރުމާއި އެއްޗެހި ގޮވުން އިންތިހާ އެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އެމް ޑީ ސައިފުލް އިސްލާމް

ތެދެއް! ދިވެހިން ތިބޭނީ ދިވެހީންގެ ގޮތުގައި. ބޭރު ގައުމުތަކުގެ މަސައްކަތު މީހުންނަށް އިހްތިރާމް ނުކުރުމަކީ ގިނަ ދިވެހިންގެ އާދައެއް. އެއީ ދެން ތިޔަބުނާ ދިވެންގެ ސަގާފަތް ކަމުގައި ވަނީނަމަ ވާންވީ. މިސްކިތުގައި ރޯދަ ވީއްލުމަށް ވައްބުރު ހަދައިގެން ޖަމާއަތް ހަދައިގެން ތިބުމަކީ މައްސަލައެއް ނޫން. ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މާތް މިސްކިތުގައިވެސް ރޯދަ ވެރިން ރޯދަ ވީއްލަން ތިބޭނީ އެގޮތަށް އިށީންދެގެން. ތިޔަބުނާ ބޭރު މީހުން މިސްކިތް ސާފުވެސް ކުރާނީ. ދިވެއްސަކު ކައިރިވެސް ނުވާނެ. ނަމާދު ނިމި ސަލާންދިނުން ލަސްވެފަ ތިބޭނީ. ދެން މިސްކިތުގައި އަޑުގަދަކުރުމަކީ ކޮންމެ ބަޔަކު ކުރިއަށް ކޮށްގެން ވާނެ ކަމެއް ނޫން. ޙަބަރު ލިޔުނު ނޫސްވެރިޔާ އަށް ދިވެހިންނާ ބިދޭސީންގެ ތަފާތު ވަރަށް ރަނގަޅަށް އިހްސާސް ކުރެވިއްޖެ ކަމަށް ހީކުރަން. އަދި އިސްލާމީ މަރުކަޒަށް ރޯދަ ވީއްލަން އައުމަށް އެދެން. އެމިސްކިތް ބަލާލަން.

ރިޔާ

ރޯދަ ވީއްލަން ދިނުމަކުން ގޯހެއް ނޫން. ސަގާފަތް ގެއްލި، ނަމާދައް އަރަން ދާމީހުންނައް ދަތިވާ ވާހަކަ ވެސް ބުނެލީ.

އަލިބެ

ހުރުމަތް ކެނދޭގޮތަށް އުޅެންޏާ ރީތިކޮށް އެމީހުން ކާރީ ބުނާނީ.ހަޅޭއްލަވާ ގަންނާ ނީކީނޫން.އަދި މަޑުން ކުޅިބަލަން ތިބޭނީ ކީވެސްނޫނެވެ.

މީ

މިސްކިތަށް ބަހަން ގެންދާ ތަކެތި ބޭނުންކުރާނީ މިސްކިތަށް ދާމީހުން. ވަކިނަސްލެއް ނޫން.

ޢަލީ

އެމީހުން ކައި ނިމިގެން ތަން ސާފުކުރާނެ. ދިވެހިން ވެއްޖެއްޔާ ކާފަ ތަށިވެސް ހުރިތަނަކަށް އެއްލާލާނީ

ދެނެތިބި

ރާއްޖެ އޮޔާދަނީ

ދެކޭމީހާކިޔާމީހާ

މިދާގޮތަށްދާނަމަ، އަދިތިޔަށްވުރެންބޮޑެތި މައްސަލަދީމާވާނެ. ބަލަންތިބޭ!

ހަމަ

ބިދޭސިން ނަކަސް. ހަމަ އެމީހުންނަކީވެސް މުސްލިމުން އެހެންވީރު ކޮބާ މައްސަލަ. މިސްކިތުގެ ހުރުމަތް ކަނޑަނީކީ ނޫނިއްޔަ

ޖަލާލުއްދީނު

ބަލަ ހުރުމަތް ކަނޑައިފައޭ އެއޮތީ، ޒުވާބުކޮށް ގަޔަށް އަތްލާހިސާބަތް ދިޔައިމަ ރޯދަވެސް ހުންނާނީ ކެނޑިފަ ނުކެއްކަމަކު! ރޯދަ ވީއްލަން މިސްކިތުގައި ނުޖެހޭ ބޮޑު ޕާޓީއަކަށް ގެންދާހާ ސާމާނުގެންދާކަށް. ރަނގަޅަކަށް ސާފެއްވެސް ނުކުރޭ! ތަރާވީސް ވެސް ޚަރާބު އެއޮތް ދުވާ ނުބައިވަހުން

ލިން

މުސްލިމު ނޫން މީހުންވެސް ކާން ލިބޭތީ ހޮސްތިބޭ އިރުއޮއްސޭގަޑިއަށް..އެހެން ގަޑިތަކުގަ އެއިން މީހަކު ނުފެންނާނެ މަދު ފަހަރަކު މެނުވީ

ކޮމެންޓް ހަފީޒާ

ޒުވާބު ކުރާނެ ކަމެއް ނެތް، ސަގާފަތާ ނުގުޅޭ ގޮތަށް އުޅެންޏާ އެ ވާހަކަ ދެއްކުން ވެސް އެއީ މައްސަލައަކަށް ވެގެން ނުވާނެ.

ބަދަވި

ކަލެއަށް ކިހިނެއް އެނގެނީ ހުރުމަތް ނުކަނޑާ ކަމެއް، ބަލަ މިއުޅެނީ ކަނޑައިގެނޭ، ކަލޭ ދުވަހަކު ނަމާދަކަށް ދިޔައިންތަ؟

ނާރިނގު

އެގޮތަށް އުޅެގެންނަން ފުރުސަތު ދީގެން ތިބޭކަށް ނުވެސްޖެހޭ، އެ މީހުން ވެސް އުޅެންވާނީ ދިވެހިންގެ ސަގަފާތަށް އިހުތިރާމުކޮށްގެން

ފާތުން އަށް

ދިވެހިން ބިދޭސީންނަށް ހަދަނީ ހަދާނެ ގޮތެއް. އެމީހުން އުޅެނީ ބުރަމަސައްކަތް ކޮށްގެން އެހެނަސް ލިބޭ ކުޑަ މުސާރައިން ފުއްދައިގެން. މިސްކިތުގައި ހުންނަ ކާތަކެއްޗަކީ ވަކި ނަސްލަކަށް ވަކި ދަރިފަސް ކޮޅަކަށް ހުންނަ އެއްޗެއްނޫން. ރޯދަމަހު ދިވެހިން ތިބެނީ ސުފުރާމަތި ފުރާލައިގެން ބަނޑަށް ނުކުޅަދާނަ ވާވަރަށް ކައިގެން. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކޮންމެ ބަޔަކު ކުރިޔަސް އެކަން ރަނގަޅު ކުރަން ކިޔައިދިނުމަކީ ރިވެތި ގޮތެއް. މޫނުހަދާފަ އަޅާނުލާ ދިޔުމެއް ނޫން އޮތީކީ.....

ފާތުން

ތެދެއް.. ދިވެހިންގެ ސަގާފަތައް އެމީހުން އުޅެންވާނީ.. ދިވެހިން އެމީހުން ބައިތިއްބާ ދަށުދަރަޖައިގަ މަޑުން ނިކަމެތިކަންމަތީ ޖަނަވާރުވެސް ނޫޅޭފަދަ ހޮރުހޮރުގަ ބަސްއަހައިގެން ދިން ކުޑަ ކާއެތޮކޮޅުން ފުއްދައިގެން ތިބެންވާނީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910