ހަބަރު

މިނިވަން ދުވަހަށް އެމް7 އިން ހާއްސަ ޕްރޮމޯޝަނެއް

ޒަމާނީ ވަސީލަތްތަކާއެކު ޕްރިންޓުކުރުމުގެ ހިދުމަތް ދެމުން އަންނަ އެމް7 ޕްރިންޓުން "އެމްސެވަން މިނިވަން ޕްރޮމޯޝަން 2019" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކެންވަސް ޕްރިންޓާއި ވިޔަފާރިއާ ގުޅުންހުރި ތަކެތި އަދި އެހެން ބާވަތްތައް ޕްރިންޓްކުރަން ހާއްސަ ރޭޓްތަކެއް ކަނޑައަޅައިފައިވެ އެވެ.

މި ޕްރޮމޯޝަންގައި ކެންވަސް ޕްރިންޓް 15 ރުފިޔާ އަށް ލިބޭއިރު ސްޓިކާ ޕްރިންޓް 19 ރުފިޔާ އަށް ލިބެން ހުންނަ އިރު ބިޒްނަސް ކާޑެއް އެއް ރުފިޔާގެ ރޭޓުން ލިބެން ހުރެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން މިނިވަން ދުވަހާއި، އީދު ދުވަހަަށް ހާއްސަކޮށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް އެމް7 އަށް ފޮނުވާ ފަރާތްތަކަށް އަގާއި ހިދުމަތްތައް އިތުރަށް ހާއްސަވެގެން ދާނެ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ މިނިވަން ދުވަސް ފަދަ ދުވަސްތައް ވަރަށް ކުލަގަދަކޮށް، އުފާވެރިގޮތެއްގައި ކަސްޓަމަރުންނާއި ހިއްސާކުރެވިގެން ފާހަގަކުރުން. އެހެންވެ، މިނިވަން ޕްރޮމޯޝަން މި ފެށީ،" އެމް7 ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަހު ދުވަހުގެ ނިޔަލަށެވެ.