ހަބަރު

މާފަރު ފަޅާއި ދަކަންދޫގެ ކުއްޔަށް 152,046 ރުފިޔާ ދައްކަން ހުކުމްކޮށްފި

Jul 16, 2019
2

ބ. މާފަރު ކިޔާ ފަޅާއި އެފަޅު ކައިރީގައި އޮންނަ ދަކަންދޫ ކިޔާ ފަޅުރަށް ކުއްޔަށް ދޭން އެގްރިކަލްޗަރާއި ގ. ސީވޭވް މުޙައްމަދު ޝާހިދު އާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ ދެއްކުމަށް ޙުކުމް ކޮށްފި އެވެ.

މި މައްސަލާގައި އިއްުޔެ ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، ކަނޑައެޅިފައިވާ ތާރީހުގެ ނިޔަލަށް ދައްކަންޖެހޭ ކުއްޔާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 152,046.43 ރުފިޔާ (އެއް ލައްކަ ފަންސާސް ދެ ހާސް ސާޅީސް ހަ ޑޮލަރު ސާޅީސް ތިން ސެންޓު) އަށް މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރަށެވެ.