ވިޔަފާރި

މެކްސްކޮމްގެ އަހަރީ ދުވަހާ ދިމާކޮށް ބޮޑު ޑިސްކައުންޓެއް

Jul 20, 2019
1

މެކްސްކޮމް ޓެކްނޮލޮޖީސްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޮޑު ޑިސްކައުންޓެއް ދީ، ހާއްސަ ހަރަކާތް ތަކެއް ހިންގަން ނިންމައިފި އެވެ.

ޑެލްގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށް ދެމުން ގެންދާ މެކްސްކޮމް ޓެކްނޮލޮޖީސް އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ރީޓެއިލް ކަސްޓަމަރުންނަށް ފޯނުތަކުންނާއި ލެޕްޓޮޕާއި ޑެސްކްޓޮޕް ކޮމްޕިއުޓަރު ގަތުމުން ފަސް ޕަސެންޓާއި 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެހެނިހެން ބާވަތް ތަކުން 30 ޕަސެންޓް ދޭނެ އެވެ.

މެކްސްކޮމް އިން ވަނީ 15 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ފުޓްބޯޅަ މެެޗެއް ކުޅެން ވެސް ރާވާފަ އެވެ. މި މެޗްގައި އެއްކޮޅުން ވާދަ ކުރާނީ މެކްސްކޮމްގެ ކަސްޓަމަރުންގެ ޓީމެކެވެ. މީގެ އިތުރުން ހާއްސަ ކަސްޓަމަރުންނާއެކު ދަތުރެއް ވެސް ދާން ވެސް ރާވާފައިވެ އެވެ. މީގެ އިތުރުން ކަސްޓަމަރުންގެ އަގު ވަޒަން ކުރަން ހާއްސަ ހަފުލާއެއް ވެސް އޮންނާނެ އެވެ.

ދުނިޔޭގައި މިހާރު އެންމެ ވިކޭ އެއް ފޯނު ކަަމަށްވާ "ވާވޭ" ފޯނާއި ބޮޑެތި ސާވާ ތަކާއި ސިސްޓަމްތައް އުފައްދާ "ޑެލް" ކޮމްޕިއުޓަރުތަކުގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރަކީ މެކްސްކޮމް އެވެ. އެ ކުންފުނިން ޑެލްގެ ލެޕްޓޮޕު ވެސް ވިއްކަ އެވެ. އަދި މެކްސްކޮމްގެ މި ވިޔަފާރިއަށް ކޮންމެ އަހަރަކު ވެސް ޑެލް ކުންފުނިން ހާއްސަ އެވޯޑެއްދެ އެވެ.