ވިޔަފާރި

މެކްސްކޮމް އިޔާ އެންޑް ސޭލް ފަށަނީ

Nov 6, 2020

މެކްސްކޮމް ޓެކްނޮލޮޖީން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް" މި މަހުގެ 10 ވަނަ ދުވަހު ފަށާނެ އެވެ.

މެކްސްކޮމް ޓެކްނޮލޮޖީސް އިން ބުނި ގޮތުގައި ކޮންމެ ހަފުތާއަކު އެއް ލަކީޑްރޯ ނަގާ ގޮތަށް ކުރިއަށް ގެންދާ "މެކްސްކޮމް އިޔާ އެންޑް ސޭލް" ގައި މި އަހަރު ސޭލް ނިމުމުން މި އަހަރު ގްރޭންޑް އިނާމުގެ ގޮތުގައި ބޮޑު ތިން އިނާމެއް ދޭނެ ކަމަށެވެ. މި އިނާމްގެ ގޮތުން އަގު ހުރި ޑެލް ލެޕްޓޮޕްއަކާއި ސްމާޓް ފޯނަކާއި އަދި ސްމާޓް ވޮޗްއެއް ވެސް ހިމެނޭނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ލަކީ ޑްރޯގައި މެކްސްކޮމްގެ ކޮންމެ ޝޯރޫމަކުން ކޮންމެ އެއްޗެއް ގަންނަވަން ގަންނަ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ލިބޭ އުފެއްދުންތަކުގެ ތެރޭގައި ތިން އަހަރުގެ ވޮރަންޓީއާއެކު ޑެލް ޑެސްކްޓޮޕް ލިބޭނެ އެވެ. މީގެ އިތުރުން ސްކޫލް ކުދިންނާއި ގޭގައި އަދި އޮފީސް ތަކުގައި މަސައްކަތްތަކަށް ބޭންކުރާ ލެޕްޓޮޕް އާއި ޓެބްލެޓް އަދި މޮބައިލް ފޯން ވޮރަންޓީއާއެކު ލިބޭނެ އެވެ.