ވިޔަފާރި

މެކްސްކޮމް ފަރީދީ މަގު ފިހާރައަށް ގޮސްގެން ހިލޭ ފޯނެއް!

Sep 8, 2019
1

މި ޒަމާނުގައި ހިލޭ ފޯނެއް ދެންޏާ ބޭނުން ނުކުރާނީ ކާކު ހެއްޔެވެ ؟ މި ފަހަރު މި އޮތީ ހިލޭ ފޯނެއް ލިބިދާނެ ގޮތެކެވެ. މެކްސްކޮމް ޓެކްނޮލޮޖީސް އިން މި ވަނީ އެ ކުންފުނީގެ ފަދީގީ މަގު ފިހާރަ އަށް ދިއުމުން "ވާވޭ ވައި 9" ފޯނެއް ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ.

މެކްސްކޮމް އަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ފެށި މި ޕްރޮމޯޝަންގައި އެ ކުންފުނިން ފަރީދީ މަގުގައި ހިންގާ ފިހާރަ އަށް ދިއުމުން ގުރުއަތެއްގައި ބައިވެރިވެވޭނެ އެވެ. "ވިޒިޓް އެންޑް ވިން" ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ލިބޭ "ވާވޭ ވައި9 2019" އަކީ ވާވޭގެ ފަހުގެ ފޯނެވެ. މި ލަކީޑްރޯގައި ބައިވެރިވެވޭނީ މީހަކު އެއް ފަހަރު އެވެ. ފިހާރަ އަށް ގޮސް ވިޔަފާރި ނުކުރިއަސް ލަކީޑްރޯގެ ގަނޑުކޮޅު ފުރާލުމުން ބައިވެރިވެވުނީ އެވެ. މި ޕްރޮމޯޝަން ކުރި އަށް ދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި މި ފޯނު ލިބޭ މީހާގެ ގުރުއަތު ނެގުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ވާވޭ ވައި9 ފޯނު

"ވާވޭ ވައި9 2019" ސީރީޒްގެ ފޯނަކީ ވެސް ވާވޭގެ ރީތި ފޮޓޯ ނެގުމުގެ ޖާދޫ ހިމެނޭ އެއްޗެކެވެ. މި ފޯނުގައި ހަތަރު ކެމެރާ ހުރެ އެވެ. މިއީ ވެސް ލޯ ލައިޓުގައި ފޮޓޯ ނަގަން ހާއްސަ އެއް ފޯނެވެ. މި ފޯނުގެ ސްކްރީންގައި 6.5 އިންޗި ހުރެ އެވެ. މި ފޯނުގެ ހުންނަނީ 4،000 އެމްއޭއެޗްގެ ބެޓެރި އެކެވެ. މާނައަކީ ޗާޖު ނުގޮސް ފޯނު ގިނައިރު ހިފަހައްޓަން މި ބެޓެރި އެހީވެދޭނެ އެވެ. އެހެންވެ ގޭމު ކުޅެލައި ވީޑިއޯ ބަލާލައި ނެޓު ހާވާލަން މިއީ ރަނގަޅު ފޯނަކަށްވާނެ އެވެ.

މެކްސްކޮމް- ވާވޭގެ ރާއްޖޭގެ އެޖެންޓް

ރާއްޖޭގައި ވާވޭ ވައިގައި ހިއްޕައިލީ މެކްސްކޮމް އިންނެވެ. އެ ކުންފުންޏަކީ ވާވޭ ފޯނުތަކުގެ ރާއްޖޭގެ އެޖެންޓެވެ. މީގެ އިތުރުން ޑެލްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި އެ ކުންފުނިން ކުރަމުން ގެންދެ އެވެ. މެކްސްކޮމް ފަރީދީ މަގު ޝޯވްރޫމްއަކީ އެ ކުންފުނިން އެންމެ ފަހުން ހުޅުވި ފިހާރަ އެވެ.