ވިޔަފާރި

މެކްސްކޮމްގެ ބޮޑު ބަންދު ޕްރޮމޯޝަން ފަށައިފި

Oct 29, 2019

މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާވާ ގޮތަށް މެކްސްކޮމް ޓެކްނޮލޮޖީސް އިން ސްކޫލް ކުދިންނަށް ހެޔޮ އަގުގައި ކޮމްޕިއުޓަރު ސިސްޓަމް ލިބޭނެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކޮމްޕިއުޓަރާއި ފޯނުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މެކްސްކޮމް ޓެކްނޮލޮޖީސް އިން މި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް ކުރިއަށް ގެންދާ ބޮޑު ޗުއްޓީ ޕްރޮމޯޝަން ގައި އައި ތްރީ ޑެސްކްޓޮޕް ކޮމްޕިއުޓަރު ސިސްޓަމެއް 7،999 ރ. އަށް ވިއްކާނެ އެވެ. މި ސިސްޓަމަށް ތިން އަހަރުގެ ވޮރަންޓީ ވެސް ލިބޭނެ އެވެ. އަދި އެ ސިސްޓަމް ގަތުމުން 600ރ. އަށް ކުލަ ޕްރިންޓަރެއް ގަތުމުގެ ފުރުސަތެއް ލިބެއެވެ.

މި ޕްރޮމޯޝަން ފެށުމުގެ ކުރީގައި އައި ތްރީ ޑެސްޓޮޕް ކޮމްޕިއުޓަރު ސިސްޓަމް އެ ކުންފުނިން ވިއްކީ 9،000ރ. އަށެވެ. އަދި ވަކިން ޕްރިންޓަރެއް ވިއްކާ އަގަކީ 899ރ. އެވެ.

މި ޕްރޮމޯޝަންގައި ހަފުތާ ނަސީބުވެރިން ވެސް ހޮވާ އިނާމް ދޭނެ އެވެ. މެކްސްކޮމް އިން ބުނި ގޮތުގައި ބޮޑު ބަންދާ ދިމާކޮށް ކޮމްޕިއުޓަރު ސިސްޓަމް އަގު ހެޔޮ ކުރަނީ ސްކޫލް ކުދިންނަށް ހެޔޮ އަގު ތަކެއް ހޯދައިދޭށެވެ.

"ބަންދާ ދިމާކޮށް ބޮޑު ޗުއްޓީ ޕްރޮމޯޝަން ހާއްސަ މިވަނީ ސްކޫލްތަކުގެ ދަރިވަރުންނަށް. މި ޕްރޮމޯޝަންގައި އަދި ބާކީ އޮތް ދުވަސްތަކުގައި ހާއްސަ ކަންތައް ތަކެއް ފެނިގެން ދާނެ،" މެކްސްކޮމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މެކްސްކޮމްއަކީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއު ތަކަށް ޑެލްގެ މަތީ ފަންތީގެ ހައި އެންޑް ސިސްޓަމް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނިން ދަނީ ޑެލްގެ ކޮމްޕިއުޓަރުތަކާއި ލެޕްޓޮޕް އަދި ވާވޭ ފޯނު އާއްމުކޮށް ވިއްކަ އެވެ. މި އުފެއްދުންތައް އެމްއެފްއެލްސީ ފަދަ ސްކީމް ތަކުން ލިބެން ވެސް ހުރެ އެވެ.

މި ބާވަތްތައް ވިއްކަން އެ ކުންފުނިނ ސޯސަން މަގާއި ފަރީދީ މަގުގައި ދެ ޝޯރޫމް ވެސް ހިންގަމުންދެ އެވެ.