ވިޔަފާރި

މެކްސްކޮމް އިން "އަސުސްސްޓޯރް" ރާއްޖެއަށް

Aug 12, 2020

މެކްސްކޮމް ޓެކްނޮލޮޖީސް އިން ގޭގެ އާއި އޮފީސްތަކުގައި ވެސް ބޭނުން ކޮށްލެވޭ ސްޓޯރޭޖް ޑިވައިސް އެއް ކަމަށްވާ "އަސުސްސްޓޯރް" ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

މެކްސްކޮމް ޓެކްނޮލޮޖީސްގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް އެންޑް ސަޕޯޓް މުހައްމަދު މުހުތާރު ވިދާޅުވި ގޮތުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑް "އަސުސް" ގެ "އަސުސްސްޓޯރް" އަކީ ބޭނުންކޮށްލަން ފަސޭހަ އަދި ހާލަތާ ގުޅޭ ޑިވައިސްއެއް ކަމަށެވެ.

އެ ކުންފުނިން މި ބްރޭންޑުގެ ނެޓްވޯކް-އެޓޭޗް ސްޓޯރޭޖް (ނާސް) ސައިޒުތައް ކަމަށްވާ ޓޫ ބޭ އާއި ފޯބޭ އަދި އެއިޓް ބޭ ވިއްކާ އެވެ. ގޭގޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރި ތަކަށް ވެސް މި އުފެއްދުން ބޭނުން ހިފޭނެ އެވެ.

"އަޅުގަނޑުމެން ހިލޭ ކޮންސެލްޓެންސީ ދެން... ކަސްޓަމަރެއް އެދެންވީ ބޭނުންވަނީ މިވެނި ވަރަކަށް ކެމެރާ ބަހައްޓާފައި، އެ ކެމެރާއަށް ރެކޯޑް ކުރަން މި ވެނި ކޮލިޓީއެއްގައޭ. އަޅުގަނޑުމެން މި ގެނެސްދިން އަސުސްސްޓޯރްއަކީ އެމްވީއާރު ބޭނުންކުރާ އެއްޗެއް. އެހެންވެ، ކެމެރާތަކުގެ ވީޑިއޯ ވެސް މި އަށް ސްޓޯކޮށްލެވޭނެ،" މުހުތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްޓޯރޭޖް ޑިވައިސްގައި "ވޯކް ފްރޮމް ހޯމް" ސިފަ ހިމެނޭ އުފެއްދުމެއް ކަމަށެވެ.

"އޮފީހުގައި މި ޑިވައިސް އިން ނަމަވެސް، އެ ފީޗާގެ ސަބަބުން ކޮންމެ ތަނަކު ހުރެގެން ވެސް ސާވާއަށް ވަދެ މަސައްކަތް ކޮށްލެވޭނެ. އަނެއްކާ މިއީ ބެކަޕެއް. އޮފީހުގައި މުހިންމު އެއްޗިހި ހުންނައިރު މި ބެހެއްޓިދާނެ ގޭގައި. އޭރުން އޮފީހަށް ކަމެއްވީ ނަމަވެސް ބެކަޕް ހުންނާނެ،" މުހުތާރު ވިދާޅުވި އެވެ.

އަސުސްޓޯރުގެ ރާއްޖޭގެ ޑިސްރިބިއުޓަރަކީ މެކްސްކޮމް އެވެ. އެ ކުންފުނިން ގަންނަ މި ސްޓޯރޭޖް ތަކަށް ތިން އަހަރުގެ ވޮރަންޓީއެއް ލިބޭނެ އެވެ. އަދި މިހާރު އެ ކުންފުނިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ގޭގައި ބޭނުންކޮށްލާ ސްޓޯރޭޖެއް 4،999ރ. އަށް ލިބެ އެވެ.