އޭޝިއާގެ ގައުމުތަކުގެ ބައެއް ކުންފުނިތަކަކާ ވާދަކޮށް މެކްސްކޮމް ޓެކްނޮލޮޖީސްއަށް ޑެލް ކުންފުނީގެ ހާއްސަ އެވޯޑެއް ލިބިއްޖެ އެވެ.
ޓެލް ކުންފުނިން މި މަހުގެ 9 އިން 12 އަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި "ރިއަލް ޕާޓްނާޝިޕް އެވޯޑު" ހަފުލާގައި މެކްސްކޮމް އަށް ލިބިފައިވަނީ ޑެލްގެ ޕްލެޓިނަމް ޕާޓްނަރުންނަށް ދޭ ޓޮޕް ޑޭޓާ ސެންޓަރު އަދި އެކޮމްޕިއުޓިން އެވޯޑެވެ. މި އެވޯޑު މެކްސްކޮމް އަށް ލިބިފައިވަނީ ކޮމާޝަލް ޕްލެޓިނަމް ޕާޓްނަރުން ބައިންނެވެ.
ޑެލް ކުންފުނީގެ މި އެވޯޑާ ހަވާލުވީ މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް އެވެ.
މެކްސްކޮމް އަށް މި އެވޯޑު ލިބުނީ ފިލިޕީންސް އާއި ތައިލެންޑް އަދި ވިއެޓްނާމް ފަދަ ގައުމުތަކުގެ ކުންފުނިތަކާ ވާދަކޮށެވެ. މިއެވޯޑު ދެނީ ޑެލް ކުންފުނިން ގަބޫލު ކުރާ ފެންވަރަށް ހިދުމަތްދީ އަދި ވިޔަފާރީގެ ގޮތުން ވެސް ކަނޑައަޅާ ޓާގެޓް ތަކަށް ވާސިލްވާ ކުންފުނިތަކަށެވެ.
ޑެލްގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓާ މެކްސްކޮމް އަށް މީގެ ކުރިން ވެސް ވަނީ ޑެލްގެ އެވޯޑުތަކެއް ލިބިފަ އެވެ. ޑެލް އިން ދޭ އެވޯޑު، 2012 ވަނަ އަހަރުން ފެށިގެން ލިބެ އެވެ. ނަމަވެސް އެ ކުންފުންޏަށް މިހާތަނަށް ލިބިފައިވަނީ ރާއްޖޭގައި މި އުފެއްދުންތައް ވިއްކާ ފަރާތްތަކުގެތެރެ އިން އެންމެ ރަނގަޅު ކުންފުންޏަކަށް ދޭ އެވޯޑެވެ.
އަދި މިދިޔަ އަހަރު މެކްސްކޮމްގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް ސޭލްސް މުހައްމަދު މުހުތާރަށް ވަނީ އައުޓްސްޓޭންޑިން ޕްރީ-ސެލްސް ޕާސަންގެ އެވޯޑު ލިބިފަ އެވެ. މި އެވޯޑު ދެނީ ޑެލްގެ އުފެއްދުންތައް މާކެޓުކޮށް ވިއްކުމާއި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންނަށެވެ. މިއީ މި ބްރޭންޑުން ވަކިވަކި އިންޑިވިޖުއަލްސްގެ މަސައްކަތުގެ އަގު ވަޒަންކޮށް ދޭ ހާއްސަ އެވޯޑެކެވެ.
މެކްސްކޮމް އިން ދަނީ ޑެލްގެ ބޮޑެތި ސާވާތަކާއި ސިސްޓަމްތައް ރާއްޖޭގައި ވިއްކަމުންނެވެ. އަދި މި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ވެސް ދެ އެވެ. މި އުފެއްދުން ސަރުކާރުގެ ބޮޑެތި ވުޒާރާތަކާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ވެސް ބޭނުންކުރެ އެވެ. އެ ކުންފުންޏަށް މީގެ ކުރިން ވަނީ މައިކްރޯސޮފްޓުގެ އެވޯޑު ތަކެއް ވެސް ލިބިފަ އެވެ.
ރާއްޖޭގައި ވާވޭގެ އުފެއްދުންތައް ވެސް ވިއްކާ މެކްސްކޮމް ކުންފުންޏަށް މި އަހަރު ވަނީ 15 އަހަރު ފުރިފަ އެވެ.