މެކްސްކޮމް ޓެކްނޮލޮޖީސް

މެކްސްކޮމް އަށް ސެމްސަންގްގެ އޮތޮރައިޒް ޑިސްރިބިއުޓަރުކަން، ފަހުގެ ފޯނު ޕްރީއޯޑަރަށް

Mar 1, 2022

މެކްސްކޮމް އަށް މަޝްހޫރު ސެމްސަންގްގެ އޮތޮރައިޒް ޑިސްޑިބިއުޓަރުކަން ލިބި، ފަހުގެ ފޯނު އަގު ހެޔޮކޮށް ޕްރީއޯޑަރަށް ހުޅުވާލައިފި އެވެ.

ޗައިނާގެ ވާވޭގެ އޮތޮރައިޒް ޑިސްޑިބިއުޓަރުކަން ވެސް ކުރާ، މެކްސްކޮމް ކުންފުނިން ބުނީ އެ ކުންފުންޏަށް ސެމްސަންގް ކުންފުނީގެ ފޯނާއި ޓެބްލެޓްގެ އޮތޮރައިޒް ޑިސްޑިބިޓަރުކަން ލިބުމާއެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް މި ފޯނު ލިބިގެންދާނެ އެވެ.

މެކްސްކޮމް އިން ގަންނަ ސެމްސަންގް ފޯނާއި ޓެބްލެޓަށް އެއް އަހަރުގެ ވޮރަންޓީ ވެސް ލިބިގެން ދާނެ އެވެ.

އެ ކުންފުނިން ވަނީ ސެމްސަންގް އަށް ހާއްސަ އޮތޮރައިޒް ސާވިސް ސެންޓަރެއް ހާއްސަކޮށް ފޯނާއި ޓެބް މަރާމާތު ކުރުމުގެ ހިދުމަތް ވެސް ފަށާފަ އެވެ.

ސެމްސަންގް ފަހުގެ ފޯނު ޕްރީއޯޑަރަށް

މެކްސްކޮމް އިން ވަނީ ސެމްސަންގް އެންމެ ފަހުގެ ފޯނު ކަމަށްވާ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ރާއްޖޭގައި ވިއްކުމަށްޓަކައި ޕްރީއޯޑަރަށް ހުޅުވާލާފަ އެވެ. އެ ކުންފުނިން ސެމްސަންގް ފޯނު ގަންނަ ފަރާތްތަކަށް ސެމްސަންގް އޮރިޖިނަލް ކަވަރެއްގެ އިތުރުން އިޔާބަޑް އެއް ވެސް ލިބޭނެ އެވެ.

ރާއްޖޭގެ އައިޓީ ދާއިރާ އަށް ގިނަ ހިދުމަތް ތަކެއް ދޭ މެކްސްކޮމް ކުންފުންޏަކީ ވާވޭގެ ރާއްޖޭގެ ޑިސްޑިބިއުޓަރެވެ. އަދި ޑެލް ބްރޭންޑުގެ އުފެއްދުންތައް ވިޔަފާރި ތަކަށް ފޯރުކޮށްދީ ފުލް ސޮލިއުޝަން ރާއްޖޭގައި ދޭ ސާވިސް ޕާޓްނަރު ކުންފުންޏެކެވެ.