މެކްސްކޮމް ޓެކްނޮލޮޖީސް

މެކްސްކޮމް އިން ބައެއް ލެޕްޓޮޕް އަގުހެޔޮކޮށް، ޕްރޮމޯޝަނެއް

Apr 25, 2021

ރޯދަ މަހަށް ހާއްސަކޮށް މެކްސްކޮމް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މެކްސްކޮމް ޓެކްނޮލޮޖީސް އިން ބުނީ އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް މެކްސްކޮމް ޓެކްނޮލޮޖީސްގެ ފަރާތުން ރަމަޟާން މަހަށް ހާއްސަކޮށް ލެޕްޓޮޕާއި ޑެސްކްޓޮޕް، ފޯނު އަދި އެސެސަރީސް ތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ސްކޫލުތަކުގެ ދަރިވަރުންނަށް ލެޕްޓޮޕެއްގެ ފެށޭ އަގަކީ 6900ރ. އެވެ.

އެކަމަކު މި ޕްރޮމޯޝަންގެ ދަށުން ހުރި ލެޕްޓޮޕް ތަކަކީ ހަމައެކަނި ސްކޫލް ކުދިންނައް ހާއްސަ ކުރެވިފައި ހުރި ލެޕްޓޮޕް ތަކެއް ނޫނެވެ. މި ޕްރޮމޯޝަނުގައި ބިޒިނަސް ތަކަށް ހާއްސަ ލެޕްޓޮޕް ވެސް ލިބެން އެބަހުއްޓެވެ. އަދި މެކްސްކޮމުން ލިބޭ ހުރިހާ ލެޕްޓޮޕް އަދި ޑެސްކްޓޮޕްތަކަށް އޮތޮރައިޒްޑް ވޮރަންޓީ ވެސް ލިބެ އެވެ.

ޕްރޮމޯޝަންގައި ވާވޭގެ ފޯނުތަކުގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ. އަގުހެޔޮކޮށްފައިވާ ފޯނުތަކުގެ ތެރޭގައި ވާވޭ ވައި 9 ޕްރައިމް އާއި، ވާވޭ ވައި 7 އޭ ހިމެނެ އެވެ. މެކްސްކޮމް އިން ވިއްކާ ވާވޭ ވައި 9 ޕްރައިމްއަކީ 4ޖީބީ ރެމް އާއި 128ޖީބީ ރެމް ހިމެނޭ ފޯނެކެވެ.

މެކްސްކޮމް އިން ވިއްކާ ހުރިހާ ވާވޭ ފޯނަކަށް އެއް އަހަރުގެ ވޮރަންޓީ ލިބޭނެ އެވެ. ވާވޭ ވައި ސެވަލް އޭގެ އަގަކީ 3700 ރ. އެވެ. އަދި ވާވޭ ވައި9 ޕްރައިމްގެ އަގަކީ 3950ރ. އެވެ.