ހަބަރު

އެސްޓީއޯގެ ޕްރޮމޯޝަން: އަލްނޫރް ކިރު ޕެކެޓަކަށް އިނާމެއް

އެސްޓީއޯއިން އަލްނޫރު ހިކި ކިރު ޕެކެޓެއް ގަންނަ ކޮންމެ މީހަކަށް އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ.

އެސްޓީއޯގެ ސީނިއާ މާކެޓިން މެނޭޖަރު އާމިނަތު ޝުރުފާ މިއަދު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ގަންނަ އަލްނޫރު ހިކި ކިރު ޕެކެޓާއެކު އަލްނޫރު ލޯގޯޖެހި ބިއްލޫރިތައްޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން އަތޮޅުތަކުގެ ތެރޭގައި ހުންނަ އެސްޓީއޯ ފިހާރަ ތަކުގައި ވެސް ކުރިއަށް ދާނެ ކަމަށް ޝުރުފާ ވިދާޅުވި އެވެ.

އަލްނޫރު ކިރު ޕެކެޓުގެ 800 ގުރާމް 95 ރުފިޔާ އަށް ލިބޭއިރު 2،250 ގުރާމްގެ ޕެކެޓެއް 245 ރުފިޔާ އަށް އެސްޓީއޯ ސުޕަމާޓު ފިހާރައިން ލިބޭނެ އެވެ. ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

އަލް ނޫރަކީ އޮމާންގެ ހިކިކިރު ޕެކްކުރާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ "އޮމާން ފުޑްސުޓަފް" ގެ އުފެއްދުމެކެވެ.