ހަބަރު

ޖޭޕީގެ ނައިބު ރައީސް ކަމަށް ސައުދު

Jul 22, 2019
3

ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސްގެ މަގާމަށް އެ ޕާޓީގެ ކުރީގެ ރަޖިސްޓްރާ އަހުމަދު ސައުދު އިންތިހާބު ކޮށްފިއެވެ. އެ މަގާމަހަށް ސައުދު މިރޭ އިންތިހާބު ކުރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ސައުދު މަގާމަށް ހޮވި ވަޑައިގެންނެވި އިރު ސައުދުގެ އިތުރަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީ އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި، މަރިޔަމް ނާޒިމާ އެ މަގާމަށް ވާދަ ކުރި އެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވީ ޑރ. އަބްދުﷲ މައުސޫމެވެ. މައުސޫމް އެމަގާމުން އިސްތިއުފާދެއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ.

މިރޭ އެ ޕާޓީގެ އިސްތިއުނާފު ކޮމިޓީގެ ޗެއާގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު އިންތިހާބު ކުރި އެވެ. އަދި އިސްލާމިކް ކައުންސިލުގެ ޗެއާގެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރެވެ.