ހަބަރު

އައްޑޫ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ އަތޮޅުގެ ލިންކް ރޯޑްގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓެއް ހިނގީ މިއަދު އިރު އޮއްސުނު ވަގުތު ލިންކް ރޯޑުން، މަރަދޫ ފޭދޫގެ ވީބީ ފިހާރައިގެ ކުރިމަތީންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ކާރެއްގެ ފަހަތުން ސައިކަލެއް ދުއްވަމުން ދަނިކޮށް، ކާރުގައި ޖެހިގެން ކަމަށާއި މި އެކްސިޑެންޓުގައި މީހަކަށް ސީރިއަސް އަނިޔާ އެއް ނުލިބޭ ކަމަށެެވެ.