ބޮލީވުޑް

ޖަޔާލަލީތާގެ ރޯލަށް ކަންގަނާ ތައްޔާރު ވަނީ

އިންޑިއާގެ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބަޔޯޕިކް ފިލްމަށް ބަތަލާ ކަންގަނާ ރަަނާއުޓު ތއްޔާރު ވާން ފަަށައިފި އެވެ.

ފިލްމު "ތަލައިވީ" ގެ ޓައިޓްލް ރޯލް ކުޅޭ ބަތަލާ، ކަންގަނާ މި ފިލްމުގެ ތައްޔާރީތަކަށް ތަމަޅަ ބަސްް ދަަސް ކުރުމާއެކު ކަތަކް ޑާންސް ވެސް ދަސްކުރެ އެވެ. ފިލްމުގެ ޝޫޓިން ނަގަން ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.

މި ފިލްމަކީ ބޮލީވުޑް އަދި ސައުތުގެ ޓީމަކުން ގުޅިގެން އުފަައްދާ ފިލްމެކެވެ. އޭއެލް ވިޖޭ ޑައިރެކްޓުކޮށް ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކޭވީ ވިޖެންދުރަ ޕްރަސާދާއި ރަޖަތު އަރޯރާ އެވެ.

މި ފިލްމުގައި ޖަޔާލަލީތާގެ ސްކޫލް ދުވަސްވަަރުންް ފަށައިގެން، ސިޔާސީ މައިދާނަށް ނިކުމެގެން އައި ގޮތް ދައްކުވއިދޭނެ އެވެެ.

ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރު ވަމުން އަންނަ އިރު، ފިލްމުގެ އިތުރު ކާސްޓުންނާއި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.