ހޮޓެލް ޖެން

ޖެން ކައިރީ އަޑުގަދަ ކުރި މީހަކަށް ނަސޭހަތްދީފި

Jul 30, 2019
2

މިރޭ މާލޭގެ ހޮޓެލް ޖެން ކައިރީގައި ބެނާއެއް ހިފައިގެން އަޑު ގަދަ ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށް ނަސޭހަތް ދިނުމަށްފަހު ފުލުހުން އެ މީހާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ދުރަށް ނުދިއުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާ ހައިކޮމިޝަން ވެސް ހުންނަ އެ ސަރަހައްދަށް ގޮސް އެމީހާ ބެނާއަކާއެކު އަޑުގަދަ ކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ މައްސަލާގަ އެވެ. އޭނާ އެ ސަރަހައްދުގައި އަޑުގަދަ ކުރި ވަގުރު ހޮޓެލް ޖެންގައި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާވެސް ހިނގަމުން ދިޔަ އެވެ.

ހައްޔަރު ކުރި މީހާ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެކި ފަރާތްތަކަށް ދިން ރަށްތައް އަތުލަން ގޮވާލާފަ އެވެ. އޭނާއާއެކު އެހެން ބައެއް މީހުން ވެސް އުޅުނެވެ.