ރޯދަވީއްލުމަށް ހާއްސަކޮށްގެން ހޮޓެލް ޖެން އިން 500 އަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފި އެވެ.
ޖެން އިން ބުނި ގޮތުގައި މި ރޯދަމަހުގެ ފަސް ދުވަހު މާލޭގައި އެންމެ ގިނައިން މީހުން ރޯދަވީއްލަންދާ މިސްކިތްތަކަށާއި، ލޯކަލް މާރުކޭޓު އަދި މަސް މާރުކޭޓް ސަރަހައްދުގައި ވަނީ ކާބޯތަކެތި ބަހާފައެވެ.
މި ތަކެތި ތައްޔާރުކޮށްފައި ވަނީ ހޮޓެލް ޖެންގެ ޝެފް އަދި ޓީމުގެ ފަރާތުންނެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައި ވަނީ ޖެންގައި މަސައްކަތްކަތް ކުރާ ސްޓާފުންގެ ތެރެއިން ވޮލެންޓިއާކުރި ސްޓާފުންގެ އެހީތެރިކަމާ އެކު އެވެ.
މި އިފްތަރު ޕެކްތަކާއެކު ހަދިޔާކުރި ބުއިންތައް ސްޕޮންސާކޮށްފައި ވަނީ އެމްއޭޑަބްލިއުސީ އިން ކަމަށް ވެސް ޖެން އިން ވަނީ ފާހަގަކޮށްފަ އެވެ.
ހޮޓެލް ޖެންގެ މެނޭޖިން ޑިރެކްޓަރު ބްރީސް ލުނޮޓް ވިދާޅުވީ ބަރަކާތްތެރި މަހެއްގައި މުޖުތަމައުތައް ފައިދާކުރަނިވި ކަމެއް ކުރަން ޖެންގެ ޓީމުން ކުރި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށެވެ.