ބޮލީވުޑް

"އެވެޓާ" އަކީ ގޯވިންދާ ދިން ނަމެއް!

ކޮމެޑީ ފިލްމު ކުޅުމަށް މަގުބޫލު ތަރި ގޯވިންދާ އަަކީ ކުރީގެ ތަރިއެއް ކަމުގައިވިޔަސް އަދިވެސް ސްކްރީނަކުން މުޅިން ނުގެއްލެ އެވެ. ހާއްސަ މެހެމާނުންގެ ގޮތުގަ އާއި ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުން އޭނާގެ ހުނަރު ދައްކާލަ އެވެ. ދާދިފަހުން ދިން އިންޓަވިއުއެއްގައި ގޯވިންދާ ވަނީ އާ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އޭނާގެ ފޭނުންނާއި މުޅި ސޯޝަލް މީޑިއާ އެ ވާހަކަތަކަށް ހުއްޓުނެވެ.

ރަޖަތު ޝަރުމާގެ "އާޕްކީ އަަދާލަތު" ގެ މެހެމާނުންގެ ސީޓުގައި އިނދެ ގޯވިންދާ އޭނާ ނުކުޅެ ދޫކޮށްލި ފިލްމުތަކުގެ ނަންތައް ހާމަ ކުރި އެވެ. އެ ފިލްމު ތަކުގެ ތެރޭގައި "ތާލް"، "ގަދަރް" އަދި "ދޭވްދާސް" ހިމެނޭ އިރު އެންމެ ފާހަގަވީ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމެރަަންގެ ބްލޮކްބަސްޓާ ފިލްމު "އެވެޓާ" ކުޅުމަށް ފުރުސަތު ލިބި އެ ފިލްމު ވެސް ދޫކޮށްލި ކަމަށް އޭނާ ބުނި ބުނުމެވެ.

ފިލްމުގެ ރޯލެއް އޭނާއަށް ކުޅެން ލިބުނު ކަމާއި އެ ފިލްމުގެ ޓައިޓްލް ނަން ކެމެރަން އަށް ހުށަހެޅީ އޭނާ ކަމަށްވެސް ބުނެފައި ވެއެވެ.

ނޫސްތަކުގައި ރިޕޯޓުކޮށްފަައިވާ ގޮތުންނަމަ ގޯވިންދާ އެ ފިލްމު ރިޖެކްޓު ކުރީ ކީއްވެތޯ އެހުމުން ގޯވިންދާ ބުނީ 410 ދުވަސް ވަންދެން ގައިގައި ކުލަ ހާކައިގެން ޝޫޓް ކުރަން ބޭނުން ނުވީ ކަމަށެވެ. އެހެން ކަމުން ޑައިރެކްޓަރު ކިބައިން މާފަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ދިހަ އަަހަރު ވަންދެންް ބޮކްސް އޮފީހުގެ އެއްވަނަައިގައި އޮތް އެވެޓާ ފިލްމަކީ ސައިންސް ފިކްޝަން ފިލްމެކެވެ. މި ފިލްމު ބޮކްސް އޮފީސް ޗާޓުން ދެވަނަ އަށް ވައްޓާލީ މި މަހު އެވެ. ފިލްމަށް 2.7 ބިލިއަން ޑޮލަރުގެ ކާމިޔާބެއް ލިބުނެވެ.