ހަބަރު

ވަކީން ކުނި ނަގާ މީހުންގެ ފީ ބޮޑުކޮށްފި

Jul 31, 2019
2

ވިޔަފާރީގެ އުސޫލުން ގަވާއިދާ ހިލާފަށް ކުނި ނަގާ މީހުންގެ އަތުން ވެމްކޯއިން ނަގާ ފީ ބޮޑުކޮށްފި އެވެ.

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީން މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ހަމައެކަނި ފަރާތަކީ ވެމްކޯ ކަމަށާއި ނަމަވެސް ގޭބިސީތަކާއި ވިޔަފާރިތައް އަދި މުއައްސަސާތަކުގައި އުފެދޭ ކުނި ނެގުމުގެ ހިދުމަތް އަމިއްލަ ފަރުދުންނާއި ޓެކްސީ ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުތަކުން ގަވާއިދާއި ހިލާފަށް ދޭ ކަމަށެވެ.

"... މިފަދަ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން އެ ވަދެވެނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވިޔަފާރި މަސްލަހަތަށް ކަމުގައި ފާހަގަކުރަން، އަދި މި ކޯޕަރޭޝަންގެ ވިޔަފާރި މަސްލަހަތަށް ވަންނަ ކޮންމެ ފަރާތަކާއި މެދު ކުރިޔަށް އޮތްތަނުގައި މި ކޯޕަރޭޝަންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރަމުން ގެން ދާނަން،" އެ ބަޔާނުގައި ވެއެވެ.

ވެމްކޯ އިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކަށް އެފަދަ އުޅަނދުތަކަށް ކުނި އުކާލެވޭނީ ގޭޓްފީގެ ގޮތުގައި ޓަނަކަށް 750ރ. ދައްކައިގެން ކަމަށެވެ. އަދި އެ ފީ ނަގަން ހަމަޖެހިފައިވަނީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ކުނި އުފުލައިގެން ގެންނަ އުޅަނދުގެ ބަރުދަނަށް ބަލައި ނަގުދު ފައިސާއިން ކަމަށާއި ހިދުމަތް ހޯދާ ކޮންމެ ފަހަރަކު ޢެގޮތަށް ފީ ނަގަމުންގެންދާނެ ކަމަށެވެ.

ބައެގޮތަށް ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ވަންނަނީ ވެމްކޯގެ ވިޔަފާރި މަސްލަހަތަށް ކަމަށާއި އެފަދަ ކޮންމެ ފަރާތަކާއި މެދު ކުރިޔަށް އޮތްތަނުގައި އަޅަންޖެހުނު ކޮންމެ އަޅާނެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.