އިސްލާމިކް ޔުނިވާސިޓީ

އައިސީއައިއޭ ގޯލްޑް ސްޕޮންސާ އަކަށް އެސްޓީއޯ

Jul 31, 2019

އިސްލާމީ ޔުނިވާސިޓީން (އައިޔޫއެމް) އިން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗްއަލް އެޑްވާންސްމެންޓް
ކޮންފަރެންސް (އައިސީއައިއޭ) ގެ ގޯލްޑް ސްޕޮންސާ އަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސިޓީގެ ފަރާތުން ސްޕޮންސާ އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސްލާ އައިޝަތު ޚަލީލާ އަބްދުއްސައްތާރުއެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓިއޯގެ ފަރާތުން ސޮއި ކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗާންސްލާ ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރުވަން ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވަމުން އަންނަ ކަމަށެވެ.

ޕަރުވީން ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް އެސްޓިއޯއިން އަބަދުވެސް އިސް ކަން ކަމަށާއި އެގޮތުން މި ކޮންފަރެންސްގެ ގޯލްޑް ޕާޓްނަރަކަށް ވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

އައިސީއައިއޭ ކޮންފަރެންސަކީ އިޖުތިމާޢީ، އިޤްތިސޯދީ އަދި ސިޔާސީ ދާއިރާގެ އިތުރުން ތައުލީމީ ދައިރާއިން ދިރާސާތައް ހުށަހަޅާ މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސްއެކެވެ.