ބޮލީވުޑް

ކެޓްރީނާގެ ކޮއްކޮޮ އާ ފިލްމަކަަށް ތައްޔާރުވަނީ

ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒަބެލް ކެއިފް އާ ފިލްމަކަށް ތައްޔާރު ވާން ފަށައިފި އެވެ. މިއީ އޭނާގެ ފުރަތަމަ ބޮލީވުޑް ޑެބިއު ފިލްމަށް ވާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތަކުން ބުނެ އެވެ.

މި ފިލްމުގައި އޭނާ އާއެކު ފެންނާނީ ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާ އެވެ. އާޔޫޝް ކުޅޭ ދެވަނަ ފިލްމު "ކްވާތާ" ގެ ބަތަލާގެ ރޯލަށް އިޒަބެލް ހަމަޖެއްސިކަމަށް މީގެ ކުރިންވެސް ވަނީ ހަބަރުތައް ފެތުރިފަ އެވެ. އެހެންނަމަވެސް، އެކަން ޔަގީންކޮށްދިނީ ފިލްމު ކްރިޓީކް ތަރަން އަދަރްޝް ކުރި ޓްވީޓުންނެވެ.

ތަރަން ކުރި ޓްވީޓު --

ކަރަން ލަލިތު ބުޓާނީ ޑައިރެކްޓު ކުރާ މި ފިލްމުގައި އަޔޫޝް ފެންނާނީ ޕޮލިސް އޮފިސަރެއްގެ ރޯލުންނެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ، ސުނިލް ޖެއިން، އަދިތުޔާ ޖޯޝީ، ކަލްޓް އެންޓަޓެއިންމަންޓުންނެވެ. ފިލްމުގެ ޝޫޓިންގެ މަަސައްކަތް އަންނަ ސެޕްޓެމްބަރުގައިި ފެށުމަށް ހަމަޖެހިފައިވާއިރު ރިލީޒް ކުރާނެ ކަމަށް ދީފައިވާ ތާރީހަކީ 2020 އެވެ.

މީގެ ކުރިންވެސް އިޒަބެލް ފިލްމެއްގެ މަސައްކަތް ކުރި ކަމަށް ހަބަރުތަކުން ބުނެ އެވެ. އެއީ ޑައިރެކްޓަރު/ކޮރިއޯގްރާފަރު ރެމޯ ޑި ސޫޒާ އެކު މަސައްކަތްކޮށްފައިވާ "ޓައިމް ޓު ޑާންސް"ގެ ނަން ދީފައިވާ ފިލްމެކެވެ. ފިލްމުގެ ޝޫޓިންވެސް ނިމިފައިވިޔަސް ފިލްމު ރިލީޒް ނުކޮށް ލަސް ވުމުން "ކްވާތާ" އަކީ އޭނާގެ ފުރަތަމަ ފިލްމަށް ވާނެ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ލަފާކޮށް ބުނެފައި ވެ އެވެ.