ހަބަރު

މިފަހަރުވެސް ފެން އީދެއް

Aug 6, 2019

މިއަހަރުގެ ބޮޑު އީދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ މައި އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ، އީދު ދުވަސް ވަރު މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ހާއްސަކޮށް މެދު ރާއްޖެއަށާއި އުތުރުގެ ރަށްތަކަށް ވާރޭ ވެހޭނެ ކަމަށެވެ. ލަފާ ކުރެވޭ ގޮތުގައި އީދު ހަފްތާގައި އެއްކޮށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ބޮޑު އީދުގައި ގަޑިއަކު 10-18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށެވެ.

އީދު ބަންދުގެ ގޮތުގައި މިފަހަރު ނުވަ ދުވަސް ބަންދު ލިބޭނެ އެވެ. މިއަހަރުގެ އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.