ވިޔަފާރި

ލޯނު ދައްކަން 683 މިލިއަން ރުފިޔާ ހޭދަކޮށްފި

Aug 7, 2019

ރާއްޖޭން ނަގާފައިވާ ލޯނުތަކަށް 683 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މި ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން 683.3 މިލިއަން ރުފިޔާ ލޯނުތަކަށް ދެއްކިއިރު، މި އަހަރު ލޯނު ދައްކަން 2,887.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ގިނަ އަދަދެއްގެ ލޯނު ވަނީ ނަގާފަ އެވެ. އަދި މި ސަރުކާރުން ވެސް ދަނީ ލޯނު ނަގަމުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރުގެ ފަހު ކުއާޓާގެ ޑެޓް ބުލެޓިންގައި ވާ ގޮތުން 2016 އަހަރުގެ ޑިސެމްބަރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި 18 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ.