ފިނިޕޭޖް

މަންމަައަކަށްވުމަށްފަހު އުނޫޝާގެ ފުރަތަމަ މަަސައްކަތަށް ނާނާ!

-- ފޮޓޯ: އަހްމަދު ޝުރާއު| އަވަސް
0%
0%
0%

އުނޫޝާ އަދި ބާޗީގެ ފުރަތަމަ އަލްބަމް "އުދުހިލާ" ގެ އަލްބަމް ކަވަރު ސޯޝަލް މީޑީއާގައި ހިއްސާކޮށްފި އެވެ. މި އަލްބަމްގައި ހިމެނޭ ހަތް ލަވައަކީވެސް މުޅިން އާ ނާނާ ކަމުގައި އުނޫޝާ ބުނެފައިވެ އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ އަށް އަލަތު ދަރިއެއް މިދިޔަ މޭ މަހު ލިބިފައިވާ އިރު ފުރަތަމަ މަސައްކަތަކަށް ދައްކާލީ މި އަލްބަމް ވަރަށް އަވަހަށް ރިލީޒްކުރުމަށް މަސައްކަތްކުރަމުންގެންދާ ކަމުގައި ބުނެފައިވެ އެވެ.

"މި އަލްބަމް އަކީ އުނޫޝާ މާބަނޑު ދުވަސްވަރުކޮށްފައިވާ ކޮށްފައިވާ މަސައްކަތެއް. ދިވެހިބަހުން ނާނާ ލަވަތައް ނުހުންނާތީ މިކަން ފާހަގަކުރެވި ހާއްސަ އެއްޗެއް ހެދުމަށް އުފައްދާފައިވާ އަލްބަމެއް. ސެޕްޓެމްބަރު މަހުގައި އަލްބަމް ލޯންޗްކުރުމަށް މަސައްކަތް ކުރަމުން މި އަންނަނީ. އަލްބަމް ޑެޑިކޭޓް ކުރަނީ އަހަރުމެންގެ ދަރިފުޅަށާއި ހުރިހާ ކުޑަކުދިންނަށާއި މައިންބަފައިންނަށް،" އަލްބަމްއާ ގުޅޭގޮތުން ވާހަކަދައްކަމުން ހަމީޝް ބުންޏެވެ.

މި އަލްބަމްގެ މަސައްކަތް ޕްރޮޑަކްޝަން މަސައްކަތް ކުރިއަށްގެންދަނީ ސައުންޑްްކުއެޑްއެމްވީ އާއި ދަލޫޕްކްރާފްޓް އާއި ގުޅިގެންނެވެ.

އުދުހިލާ އުނޫޝާއާއި ބާޗީގެ ފުރަތަމަ އަލްބަމް!
Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345