އުރީދޫ

އުރީދޫއިން އޮންލައިން ވިޔަފާރިއަށް ހާއްސަ "މޫލީ" ތައާރަފުކޮށްފި

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށް އުރީދޫ އިން "މޫލީ" ތައާރަފުކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި "މޫލީ" ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން އުރީދޫގެ ސީއީއޯ ނާޖިބް ހާން ވިދާޅުވީ ވޭތުވެ ދިޔަ 14 އަހަރުގައި އުރީދޫ އިން ވާނީ ޓެކްނޮލޮޖީ އިތުރަށް ފުޅާކުރަން ގިނަ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކޮށްފަ ކަމަށެވެ. އަދި މިއަދު ތައާރަފުކުރެވުނު އީކޮމާސް ޕްލެޓްފޯމުން ރާއްޖޭގައި ފޯރުކޮށްދޭ ޓެކްނޮލޮޖީގެ ހިދުމަތްތައް އިތުރަށް ފުޅާކުރިވެގެން ދާނެ ކަމަށެވެ.

މޫލީ އަކީ ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެކެވެ. މި ހިދުމަތުން ރާއްޖެގެ ކޮންމެ ތަނެއްގައި ހުރި މީހަކަށް މުދާ ގަތުމުގެ ފުރުަސަތު ލިބޭނެ އެވެ. ތިން ދުވަސް ތެރޭގައި ގަންނަ މުދާ ޑެލިވަރީ ކޮށްދޭ އިރު އޯޑަރު ކުރާ ތަކެތީގެ ޓްރެކިން ވެސް ކަސްޓަމަރުންނަށް ފެންނާނެ އެވެ. އަދި ވިޔަފާރިވެރިންނަށް ވެސް މި ހިދުމަތުން ތަކެތި ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ.