އެސްޓީއޯ

ފައިސާ ހޯދަން އެސްޓީއޯގެ ނަމުގައި ގުޅާތީ ސަމާލުވާން އެދިއްޖެ

އެސްޓީއޯ އިން ކުރިއަށް ގެންދާ އަލްނޫރު ހިކި ކިރު ޕްރޮމޯޝަންގައި ބައިވެރިވާން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން ކަސްޓަމަރުންނަށް ގުޅާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިއްޖެ އެވެ.

އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަސްޓަމަރުންގެ ފޯނުތަކަށް ގުޅާ ފައިސާ ހޯދުމާއި ފައިސާ ޓްރާންސްފާކޮށް އަދި ކާޑުގެ މައުލޫމާތު ލިބޭފަދަ ޕްރޮމޯޝަނެއް އެސްޓީއޯ އިން އެއްވެސް އިރެއްގައި ކުރިއަށް ގެންގޮސްފައިނުވާނެ ކަަމަށެވެ.

އަދި މިފަދަ ފޯން ކޯލްތަކަށް ސަމާލުވެ، މިފަދަ ކޯލް އެއް ލިބިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަން ވަނީ އެދިފަ އެވެ.

އެސްޓީއޯގެ އަލްނޫރު ޕްރޮމޯޝަންއަކީ މިދިއަ ޖުލައި މަހު އަލް ނޫރު ބްރޭންޑުގެ ހިކި ކިރު ޕެކެޓެއް ގަނެގެން، އެ ބްރޭންޑުގެ ލޯގޯ ޖެހި ބިއްލޫރި ތައްޓެއް ކަސްޓަމަރުންނަށް ހަދިޔާއަކަށް ލިބޭ ޕްރޮމޯޝަނެކެވެ.