މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓް ހިނގައި، މީހަކަށް އަނިޔާވެއްޖެ

Aug 11, 2019

ހުޅުމާލޭގައި މިއަދު އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 12:40 އެހާކަންހާއިރު ހުޅުމާލެ ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ޓެކްސީއެއްގައި ނިރޮޅު މަގުން ދެކުނަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓޮރޯލް ނުވެ ޓެކްސީގައި ޖެހި ހިނގި އެކްސިޑެންޓުގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

ސައިކަލް ދުއްވާފައި ދިޔަ މީހާއަށް އަނިޔާވުމުގެ ސަބަބުން މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަވާރަ އަހަރުގެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން ނުބުނެ އެވެ.

އެކްސިޑެންޓުވި ކާރުވި ދުއްވަން އިން ޓެކްސީ ޑްރައިވަރުގެ އަތުގައި ލައިސަންސް ނޯންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.