މާލޭގެ މަޖީދީ މަގުގައި ދުއްވާފައި ދިޔަ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގީ ހީނާމާގެ ޕާކިން ޒޯން ކައިރީގައި ފަތިހު 4:45 ހާއިރު އެވެ.
އަނިޔާވީ އެކްސިޑެންޓްވި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންނެވެ.
އަނިޔާވި ދެ މީހުންނަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު އެކަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މިއެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އަނިޔާވި މީހަކު މަގުމައްޗަށް ވެއްޓިފައި އޮތް މަންޒަރެވެ. އޭނާގެ ބޮލުން ލޭ އަންނަ މަންޒަރުވެސް ފެނެ އެވެ.
މިއެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.