ހަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

Aug 16, 2019

ދިހަ އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިކަން ހިނގާފައިވަނީ އުތުރުގެ އަތޮޅެއްގެ ރަށެއްގަ އެވެ. އެއީ ކޮން ރަށެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މިފަދަ މައްސަލަތަކުގައި ފުލުހުން ގެންގުޅޭ އުސޫލަކީ އެއީ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

އިއްޔެ މިކަން ހިނގިއިރު އީދު ކުލަ ޖެހުމުގެ ތެރެއިން ތ. ވޭމަންޑޫގައި 19 އަހަރުގެ އަންހެނަކާ ބަދު އަހްލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.