ހޮލީވުޑް

"މުލާން" ފިލްމު ބޮއިކޮޓް ކުރަން ގޮޮވާލަނީ

ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "މުލާން" ބޮއިކޮޓް ކުރަން ސޯޝަލް މީޑިއާގައި ގޮވާލައިފި އެވެ.

ފިލްމު ބޮއިިކޮޓް ކުރަަން ގޮވާލާފައިވަނީ، ހޮންކޮންގައި ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގާ ހަރަކާތްތަކަށް މުލާންގެ ރޯލު ކުޅޭ ލިއު ޔިފީ ތާއީދުކޮށް ވާހަކަ ދެއްކުމުންނެވެ.

ޗައިނާގެ ސަރުކާރުން ހިންގާ ބެއިޖިންގެ ނޫސް ޕީޕަލްސް ޑެއިލީގެ އާޓިކަލެއް، އެ ގައުމުގެ ސޯޝަލް ޕްލެޓްފޯމް ވެއިބޯގައި ޝެއާކުރަމުން މުލާންގެ ރޯލު ކުޅޭ ލިއު ބުނީ ހޮންކޮންގް ފުލުހުންނަށް ތާއީދު ކުރާ ކަމަށާއި ދެން ތަޅައިގަންނަންވީ ކަމަށެވެ.

ފިލްމުގެ ޓީޒާ، ޓީޒާ ޓްރެއިލާ ނެރުނީ މިދިޔަަ މަހު --

ޖޫން މަހު ހޮންކޮންގައި ފެށި މުޒާހަރާތަކަކީ، ހޮންގްކޮންގު ސަރުކާރުން އިސްލާހުތަކަކާއެކީ ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސް ކުރި ނަމަވެސް، ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކެވެ.

މުޒާހަރާތަކަށް ފާޑުކިޔާ ލިއު ކުރި މި ޕޯސްޓާއެކު ޗައިނާގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާ ޓްވިޓާގައި ވަނީ ހޭޝްޓެގް ބޮއިކޮޓްމުލާން ޖަހައި، ފިލްމަށް ނުދިއުމަށް ގޮވާލަމުންނެވެ. ގިނަ މީހުން ބުނާ ގޮތުގައި ފުލުހުންނަށް ތާއީދު ކުރުމަކީ މުޒާހަރާތަކުގެ ބައިވެރިންނަށް ފުލުހުން ދޭ އަނިޔާތަކަށްވެސް ތާއީދު ކުރުން ކަމަށެވެ. އަަދި އޭނާގެ އެމެރިކާގެ ސިޓިޒަންޝިޕްގައި އޭނާ އުޅޭ މިނިވަންކަމަށް ވެސް ވަނީ ފާޑުކިޔާފަ އެވެ.

ޑިޒްނީން 1998 ވަނަ އަހަރު ނެރުނު "މުލާން" އަށް ލައިވް އެކްޝަން ފިލްމެއް ހަދާ ރިލީޒް ކުރަަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 27 ގައެވެ. ޑިޒްނީ އިން އަންނަނީ އެނިމޭޓެޑް ފިލްމުގެ ލައިވް-އެކްޝަން ފިލްމުތަައް އަލުން ހަދަމުންނެވެ.