ހަބަރު

ވިޔަފާރި ރަޖިސްޓާ ކުރުމާ ބެހޭ ބިލު ބަލައިގެންފި

Aug 21, 2019

ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރި ރަޖިސްޓާކޮށް އެ ނިޒާމް ލުއި ފަސޭހަ ކުރުމަށް ސަރުކާރު ފަރާތުން ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވިޔަފާރި ރަޖިސްޓާ ކުރުމުގެ ގާނޫނަށް ސަރުކާރު ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހު ބަލައިގަންތުމަަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 68 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ވިޔަަފާރިތައް ރަޖިސްޓާ ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި އޮންލައިން ވިޔަފާރިތަކާއި ޓިއުޝަން ކްލާސްތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ރަޖިސްޓާ ކުރުމަށް ފަސޭހަތަކެއް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ވަކި ކުންފުންޏެއް ރަޖިސްޓަރޫ ކޮށްފައި ވާނަމަ އެ އެސްޓެބްލިޝަމަންޓުން ހިންގާ އިތުރު ކަންކަން ވަކިން ރަޖިސްޓާ ކުރާކަށް ނުޖެހެ އެވެ.

އެކަމާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި އެންމެ ބޮޑަށް ބަހުސް ކުރެވުނީ ބިލުގެ ސަބަބުން ބިދޭސީން ކުދި ވިޔަފާރިތަކަށް ވަދެ އެ ވިޔަފާރިތައް ފުނޑިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް މައްސަލައަށެވެ. އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވަނީ މަޖިލީހަށް ވަޑައިގެން އެ މައްސަލަ ސާފުކޮށްދެއްވައިފަ އެވެ.