ރިޕޯޓް

ލޯންގޭ ކުރި ފޮނި ދިގު ދަތުުރު!

ރާއްޖޭގަައި ފުޓުބޯޅަ ނަގާފައި އެންމެ ފޯރި ގަދަކޮށް ކުޅޭ އެއް ކުޅިވަރަކީ ވޮލީބޯޅަ އެވެ. ވޮލީމެޗެއް މާފަންނު އިންޑޯކޯޓުގައި ކުޅޭ ނަމަ އެންމެ އަޑު ގަދަކޮށް ގޮވާނީ ލޯންގޭ! ލޯންގޭ! އަަށެވެ. ކޯޓުގެ އެންމެ ފާޅުވާ ކުޅުންތެރިޔަކީ މިއެވެ. އެހެންނަމަވެސް، މިދިޔަ ހަފްތާގައި ގައުމީ ޓީމުން ރިޓަޔަމަންޓު އިއުލާންކުރި އަހްމަދު އަބްދުލް ކަރީމްގެ ވަދާއީ މެޗާއެކު އޭނާގެ ސަޕޯޓަރުން ރޮއްވާލި އެވެ. އެކުގައި މެޗުތައް ކުޅުނު އެތައް ކުޅުންތެރިންނެއްވެސް މެ އެވެ. އޭނާގެ ކާމިޔާބީގެ ދަތުރަކީ މިސާލެކެވެ. ޒުވާން ކުޅުންތެރިންނަށާއި ދެވަަނަ ލޯންގޭ އަކަށް ވުމުގެ އަަޒުމުގައިި ޖޯޒީ ފަހަތުގައި ލޯންގޭ ޖަހައިގެން އުޅޭ އެތައް ބަޔަކަށެވެ.

ކުޑައިރު ލޯންގޭ އަކީ ލޯންގޭ އެއްވެސް ނޫނެވެ. ކުރޭ ކިޔާފައި ނުގޮވި އެއް ކަމަކު ކުޅިވަރަށް އޭރުވެސް ލޯބި ހުންނަ ކަމަށް ބުންޏެވެ. ވ. ކެޔޮދު އަށް އުފަން ލޯންގޭ މާލެ އައިސް ކިޔަވަން އުޅުނީ އޭރު ރަށްރަށުން އަންނަ ކުދިން އާއްމުކޮށް ކިޔެވި ސްކޫލުގަ އެވެ. ކިޔެވުން ފުރިހަމަ ކުރުމަށް އައި އިރު ވޮލީގެ ހިޔާލެއް ފިކުރެއްވެސް ނެތެވެ. އައީ ކިޔަވާށެވެ. މާލޭ އިންގްލިޝް ސްކޫލުން 2001 ވަނަ އަަހަރު ވޮލީ ޓީމަށް ކުދިން ނަގަން އުޅުމުން ވާ ގޮތް ބަލާލަން ބައިވެރިވި ވުމަކީ އޭނާގެ މުޅި ދިރިއުޅުން ބަަދަލު ކޮށްލި ނިންމުމެކެވެ. ކުޑަވެފައި އޭރު ޓީމަކަށް ވޮލީ ކުޅޭހާ އަަސްލު މޮޅެއްވެސް ނޫން ކަމަށް ބުންޏެވެ. މިހާރު އެއީ ރާއްޖޭގެ ނަންބަރު ވަން އަށް ވިޔަސް ލޯންގޭ ވެސް ކޯޓަށް ވަދެ ފެށީ ހަމަ އާދައިގެ ޖެހުމަކުންނެވެ.

"އެންމެ ފުރަތަމަ އެއީ އެމްއީއެސް ގައި އުޅުން އިރު. މާ މޮޅެއްވެސް ނުވާނެ އަސްލުު އޭރު. ދެން ކުޅެން ދިޔައީ ހަމަ. ސަތޯ ކޯޗު އޭރު ހުރީ ޓްރެއިން ކޮށްދެން. ވަރަށް ރަނގަޅު ޓްރެއިނިން އެއް ކޯޗު ކައިރިން ލިބުނު. އެމްއީއެސްގައި އޭރު ކުޅުން ގޮތަށް އަސްލު ވޮލީ އަކީ ކޮބައިކަން ދަސްވެ އެކަަމުގެ ތެރެއަށް ބޮޑަށް ވަދެވުނީ ވެސް" މިހާރު ނޭޕާލްގައި ޓީމަށް ކުޅެމުން އަންނަ ލޯންގޭގެ ޝެޑިއުލް އިން ހުސް ވަގުތުކޮޅެއް ހޯދާލާ ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.

މިއަދު އެހުރި މަގާމަށް އައުމަށް އޭނާ ކުރި ދަތުރަކީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫނެވެ. އެމްއީއެސްގައި ކިޔަވަން އުޅުނު އަހްމަދު އަަބްދުލް ކަރީމްގެ ދިގު ނަން ކުރުކޮށްލާ "ދިގުކޮށްލި" ލޯންގޭގެ ނަން އަައީ ދެނެވެ. ކުޅިވަރުގެ މައިދާނުގައި އޭނާ ވިދަން ފެށީ ޖޫނިއާ ޓީމަށް ކުޅުނު ފަަހުންނެވެ.

އަސްލު ނަމުން މިހާރު އެ ނަމެއް ބުނެލީމަ އެއީ ހަމަ ވޮލީ ކުޅޭ ލޯންގޭ ކަން އެނގޭނެ އެވެ. ސަަތޯ ކޯޗާއެކު އެމްއީއެސް ޓީމަށް ކުޅުނު ފުރަތަމަ މެޗުތަކުގައި މާ ބޮޑު ހާއްސަ ކަމެއް ނުފެނުނަސް މިހާރު އެއީ ރާއްޖޭގެ ގައުމީ ޓީމުގެ އެންމެންހެން ބަރޯސާ ވާ މުހިއްމު އެކަކެވެ. އަތުގެ ހުރިހާ އިނގިއްޔެއްގައި މަލަން އަޅައިގެން ވިޔަސް އަމާޒާއެކު ބޯޅަ މައްޗަށް އެއްލާ ޖެހި ކޮންމެ ޝޮޓެއްހެން ލޯންގޭ ކާމިޔާބު ކުރި އެވެ. ޓީމަށް ރަން ވަނަތައް ގެނުވަމުންނެވެ. އެކުގައި އޭނާގެ ކާމިޔާބީގެ ލިސްޓުވެސް ދިގު ކުރަމުންނެވެ.

ރާއްޖޭގެ ކުޅިވަރުގައި ރަަން އަކުރުން ފަވާލެވޭނެ ކުޅުންތެރިއަކަށް ލޯންގޭ ވީ ހުއްޓުމެއް ނެތި އޭނާ ކުރި ބުރަ މަސައްކަތުންނެވެ. ޖޫނިއާ ޓީމަށް ކުޅުނު ދެ އަހަރާއި އެކު ލޯންގޭ ވަނީ ޖުމްލަ 17 އަހަރު ގައުމީ ޓީމަށް ކުޅެފަ އެވެ.
ސާފް ގޭމްސްގައި 2004 ވަނަ އަހަރު އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނު ފަހުން އޭނާ އަންނަނީ ހުއްޓުމެއް ނެތި ޓީމަށް ކުޅެމުންނެވެ. އަނިޔާވެގެން ނޫން ގޮތަކަށް ގައުމީ ޓީމުން ފުރުސަތެއް ނުގެއްލެ އެވެ. ޑިސިޕްލިން ބެލެހެއްޓުމުގައިވެސް އަަލަށް ނިކުންނަ ޒުވާނުންނަށް މިސާލު ދެއްކި އެވެ. އެމްއެންޑީއެފްގެ ރަސްމީ ވަޒީފާ އިން އޭނާ ވޮލީ ކޯޓުގައިވެސް ޑިސިޕްލިން ކުރީ ނޫން ކަމެއް ނޭނގެ އެވެ.

ލޯންގޭ އަކީ، މިހާތަނަށް ރާއްޖޭގެ ވޮލީގައި ހޯދި ހުރިހާ މެޑަލެއްގައި ހިއްސާވާ ކުޅުންތެރިޔެކެވެ. އިންޓަނޭޝަނަލް ވޮލީގައި ދެ ފަހަރަށް ރާއްޖެ ފައިނަލަށް ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އެވެ. ޓީމަށް ކުޅުމުގެ އިތުރުން ޒުވާނުން ވޮލީ އަށް ނެރުމާއި ތަމްރީނު ދިނުމުގައި އޭނާގެ ހިއްސާ އޮތުންވީ، ގައުމީ އިނާމު ލިބުނު އެއް ސަބަބަށެވެ. އެ ގޮތުން ދާދި ފަހުން ކޯޗިންގެ މަސައްކަތްތައް ފަށައި ލޯންގޭ ވަނީ އިންޓަ ސްކޫލް މުބާރާތުގައި ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އަދި ރިޓަޔާ ކުރުމުގެ އަސްލަކީވެސް އަލަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ދިނުން ކަމަށް ބުންޏެވެ.

" އެހާ ގިނަ ދުވަހު ގައުމީ ޓީމަށް ކުޅެފަ ޖޯޒީ ބާލަން ޖެހޭތީ ވަރަަށް ދެރަަވި. އެކަމަކު އަބަދަކު ނުވެސް ހުރެވޭނެ މިހެނެއްވެސް. ރާއްޖޭގައި ވޮލީއިން ކާމިޔާބު ހޯދޭނެ. ކުރިމަގުވެސް އެބޮތް ވޮލީ އަށް. ފުޓުބޯޅަ ނަގާފަަ ދެން އޮތީ ވޮލީ ދޯ؟ އެހެންވީމަ އަސްލު ބޭނުންވީ ޒުވާނުންނަށްވެސް ފުރުސަތު ދޭން. ޒުވާނުން ނެރެގެން ކުރި އަރާނީ. އެކްސްޕީރިއަންސްވެސް ބޭނުންވާނެ ކުޅިވަރުގައި، އެކަމަކު ޒުވާނުން ވެސް މުހިއްމު. ޓީމަށް ފައިދާ ވާނެ ގޮތެއް ނިންމީ"

15 އަހަރަށްފަަހު ލޯންގޭ ގައުމީ ޓީމާ އަަލްވަދާއު ކިޔަސް ލޯންގޭ ބުނަނީ މިއީ އަދި ނިމުމެއް ނޫން ކަމަށެވެ. ކޯޓުން ފެންނާނެ އެވެ. ގައުމީ ޖޯޒީގައި ނޫނަސް ކޯޓަކާ ދުރަކަށް ނުދެވޭނެ ކަމުގެ ޔަގީންކަން ދިނެވެ.