ހަބަރު

އަންހެން ފަނޑިޔާރުންލުމާ ދެކޮޅަށް މަޖިލީހަށް މައްސަލައެއް

Aug 26, 2019
1

ދީނީ ފަތުވާދޭ މަތީ މަޖިލީހުން ނިންމުމާ ހިލާފަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވާތީ އެކަން ކުއްލި މައްސަލައެއް ގޮތުގައި ރައްޔިތުން މަޖިލީހުން ބަލަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އިސްލާމް ދީނާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށް ބުނެފައިވާއިރު އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމާ ހިލާފަށް ރައީސް ސޯލިހު އަންހެން ފަނޑިޔާރުންގެ ނަންތައް ފޮނުވުމަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާﷲު ކަމަކަށް ވާތީ ކުއްލި މައްސަލައެއް ގޮތުގައި ހުށަހަޅުއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުއްލި މައްސަލަ ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަކީ ކުއްލި ކަމެއްތޯ ނުވަތަ މައްސަލައެއް ތޯ ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަރާފައިވާ ބޮޑު އޮޅުންތައް ސާފު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ ވޯޓަށް އެހުމަށް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަންހެން ފަނޑިޔާރުންގެ މައްސަލާގައި މަޖިލީހުގައި ބަހުސް ކުރުމަށް މިއަދު ނެގި ވޯޓުގައި 52 މެންބަރުންގެ އިއްތިފާގުން އެ މައްސަލައަށް ބަހުސް ކުރަން ނިންމި އެވެ.