ރިސޯޓް

ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލް ސިސްޓަމް ލަކްސްގައި

ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލް ސިސްޓަމް ލަކްސް އަރި އެޓޯލް ގައި ގާއިމްކޮށްފި އެވެ.

މި ފްލޯޓިން ސޯލާ ޕެނަލް ސިސްޓަމް ގާއިމްކޮށްފައި ވަނީ އަވިން ހަަކަތަ އުފައްދާ އޮސްޓްރިއާގެ ސްވިމްސޮލް ކުންފުންޏާ ގުޅިގެނެވެ.

އެ ރިސޯޓުގެ ފުރާޅުތަކުގައި ވެސް ސްވިމްސޮލް ކުންފުނީގެ ސޯލާ ޕެނަލްތައް ބޭނުންކުރެ އެވެ. ލަކްސް ރިސޯޓުގެ މޫދުގައި ގާއިމްކުރި 12 ސޯލާ ސީ ޕްލެޓްފޯމް އިން ވަނީ އަވިން ކަރަންޓު އުފައްދާ މިންވަރު 40 ޕަސެންޓު އިތުރުވެފަ އެވެ. މިއީ ދުވާލު ގަޑީގައި އެ ރިސޯޓުގެ ހުރިހާ ގެސްޓް ވިލާ ތަކަށް ކަރަންޓު ފޯރުކޮށްދޭ ވަރުގެ ސޯލާ ސީ ޕްލެޓްފޯމެކެވެ.

އަދި ރިސޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވިލާ ތަކުގައި ގާއިމްކޮށްފަވާ "ސޯލާ ޓްރެކޭ" އިން ހަކަތަ އުފައްދާ މިންވަރާއި ޑީސެލްގެ ހަރަދު ކުޑަވެގެންދާ މިންވަރު ޓްރެކް ކުރެވޭނެ އެވެ.

ލަކްސްގެ މޫދުގައި ގާއިމްކޮށްފަވާ ފްލޯޓިން ސޯލާ ޕްލެޓްފޯމް ތަކާއެކު އެ ރިސޯޓަކީ ރާއްޖޭގައި ސޯލާ ސިސްޓަމް ތައް އެންމެ ގިނަ އެއް ރިސޯޓެވެ.