ހޮލީވުޑް

"ބްލެކް ޕެންތާ 2" 2022ގައި

މިދިޔަ އަހަަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނުނު "ބްލެކް ޕެންތާ" ގެ ދެވަނަ ބައެއް 2022 ގައި ގެނެސްދޭން ނިންމައިފި އެވެ.

ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" 2 ގެނެސްދޭނެ ކަމަށް އިއުލާން ކުރީ ކެލިފޯނިއާގައި ބޭއްވި މާވެލްގެ ޑީ23 އިވެންޓެއްގައި ސްޓޫޑިއޯގެ ކޯ ޕްރެސިޑެންޓު ކެވިން ފެއިޖް އެވެ. އޭނާ ބުނީ މި ފިލްމު ރިލީޒް ކުރާނީ 6 މެއި 2022 ގައި ކަމަށެވެ. އަދި ބޭނުންވަނީ ވަގުތު ހޭދަކޮށްގެން ފުރިހަމަ އަށް ފިލްމު ގެނެސްދޭން ކަމަށް ވެސް ކެވިން ބުންޏެވެ.

މި ފިލްމު ވަނީ އެމެރިކާގައި 700 މިލިއަން ޑޮލަރުގެ ކާމިޔާބެއް ހޯދާ އެންމެ ބޮޑު ކާމިޔާބެއް ހޯދި މާވެލްގެ ފިލްމަށް ވެފަ އެވެ. އެއީ މާވެލްގެ އެވެންޖާސްއަށް އެ ލަގަބު ލިބުމުގެ ކުރިންނެވެ.

މި އަހަރު ބޭއްވި 91 ވަނަ އެކަޑެމީ އެވޯޑްގައި އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަންގެ ކެޓަގަރީތަކުން އެވޯޑު ކާމިޔާބު ކުރި އިިރު ހަތް އެވޯޑަކަށް ނޮމިނޭޓު ވި އެވެ. މި ފިލްމަކީ ސުޕަހީރޯ ފިލްމަކަށް ފުރަތަމަ ފަހަރަށް ބެސްޓް ޕިކްޗާގެ އެވޯޑު ލިިބުނު ފިލްމުވެސް މެ އެވެ.

މީގެ އިތުރުން، 76 ވަނަ ގޯލްޑަން ގްލޯބްސް އެވޯޑުގައިވެސް ތިން ކެޓަގަރީ އަކުން ނޮމިނޭޓް ވި އެވެ.

ބޮކްސް އޮފީހުގައި 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިރު މި ފިލްމު ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. "ބްލެކް ޕެންތާ 2" ވެސް ލިޔެ ޑައިރެކްޓްކުރާނީ ފުރަތަމަ ބައިވެސް ގެނެސް ދިން ރަޔަން ކޫލްގާ އެވެ.