ހަބަރު

ނަމާދަށް ހުއްޓާ ފޯނު ވަގަށް ނަގައިފި

Aug 27, 2019
2

މާލެ މިސްކިތެއްގައި މީހަކު ނަމާދަށް ހުއްޓައި އެ މީހާގެ ފޯނު ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ މީހަކު މަޣުރިބު ނަމާދަށް ހުއްޓާ އެ މީހާގެ ފޯނު ވަގަށް ނަގާފައިވާ ކަމަށައި ފައި ކައިރީގައި ބާއްވާފައި އޮއްވާ ގެންދިޔައީ އައިފޯނެއް ކަމަށެވެ.

އަދި ބުނީ އެ މައްސަލަ ފުލުހުންނަށް ހުށައެޅުމުން އެ ފޯނު ވަގަށް ނެގި މީހާ ރޭ ހާއިރު ހޯދާ، ފޯނު އަތުލައި އޭގެ ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.