އެސްޓީއޯ

އެސްޓިއޯގެ ޕްރޮމޯޝަނާއެކު ހުނަރު ދައްކާލުމުގެ ފުރުސަތު

އެސްޓީއޯގެ މަކީޓާ ބްރޭންޑުގެ ޕްރޮމޯޝަނަކާއެކު އެ ބްރޭންޑުގެ ޕަވާ ޓޫލްސް ސާމާނު ބޭނުން ކޮށްގެން ހުނަރު ދައްކާލުމުގެ މުބާރާތެއް ފަށައިފި އެވެ.

އެސްޓީއޯގެ ފިހާރަތަކުން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން މަކިޓާ ޕަވާ ޓޫލްސްގެ ޕްރޮޑަކްޓު ތަކުން 25 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ. ޕްރޮމޯޝަންގައި 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ވެސް ދެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮކްޓޯބަރުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ އިނާމެއް ގޮތުގައި މި މަހާއި މި އަންނަ މަހު ނަސީބުވެރި ފަރާތަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެ އެވެ.

މީގެ އިތުރަށް ޕްރޮމޯޝަނާ ގުޅުވައިގެން އެސްޓީއޯ އިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް މަކީޓާ ބްރޭންޑްގެ ޓޫލްސް ބޭނުން ކޮށްގެން އުފެއްދުންތައް ދައްކާލުމުގެ މުބާރާތެއް ވަނީ ފަށާފަ އެވެ. މި މުބާރަތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯ އެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށަހަޅަން ޖެހެއެވެ.

މުބާރަތުގައި ބައިވެރި ކުރާ ތަކެތި އާންމުންނަށް ދައްކާލުމުގެ މައުރަޒެއް ވެސް އޮންނާނެ އެވެ. ހުނަރު ދައްކާލުމުގެ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަތެއް ސެޕްޓެމްބަރުގެ ނިޔަަލަށް ވަނީ ހުޅުވާލާފަ އެވެ. އޭގެ ފަހުން އެއް މަސް ދުވަހަށް ތަކެތި އުފައްދަން ބައިވެރިންނަށް ފުރުސަތު ދޭނެ އެވެ. ވަނައަށް ހޮވާ ފަރާތަކަށް 50،000 ރުފިޔާގެ އިނާމެއް ދެ އެވެ.