އެމެރިކާގެ ޑައިވިން ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ކޯސްޓު ގާޑުން ބުނެފި އެވެ.
އެމެރިކާ ކޯސްޓް ގާޑުން ބުނީ، ބޮޓުގައި އަލިފާން ރޯވިއިރު 35 މީހުން ތިބި ކަމަށާއި، އަދި ނުވަ މީހަކު ގެއްލިގެން ހޯދަމުން ގެންދާ ކަމަށެވެ. މަރުވި އެންމެ ވެސް މަރުވެފައި ވަނީ ގެނބިގެން ކަމަށް ވެސް ކޯސްޓުގާޑުން ބުންޏެވެ. ނުވަ މީހަކު އޮޔާ ބެހިގެން ދިޔަ ކަމަށް ލަފާ ކުރެވޭއިރު ކަނޑުގަދަ ވުމުގެ ސަބަބުން އެމީހުން ހޯދުމުގެ މަސައްކަތް ނުފެށި ލަސް ވެގެންދާ ކަމަށް ވެސް ކޯސްޓުގާޑުން ވަނީ ބުނެފަ އެވެ.
އަލިފާން ރޯވެ ބޯޓުގެ ފަޅުވެރިން އޮޔާ ދަނިކޮށް ސަލާމަތް ކޮށްފައި ވަނީ އެވަގުތު އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ އެހެން ބޯޓަކުންނެވެ. ފަޅުވެރިންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ވެސް ކޯސްޓުގާޑުން ވަނީ ބުނެފަ އެވެ. އަލިފާނުގެ ހާދިސާ ހިނގިއރު ބޯޓު ދަތުރު ކުރަމުން ދިޔައީ ޑައިވިން ޕޮއިންޓަކަށެވެ. ޑައިވިން ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ.