ވިޔަފާރި

ޝީޝާގެ ޝޯރޫމެއް ލ. ގަމުގައި ހުޅުވައިފި

ރާއްޖޭގައި ސައިކަލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ކުންފުނި ކަމަށްވާ، ޝީޝާގެ ޝޯރޫމެއް ލ. ގަމުގައި ހުޅުވައިފި އެވެ.

ޝޯރޫމް ހުޅުމުގެ ރަސްމިއްޔާތުގައި ގަމު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ވިސާމާއި ޝީޝާ ކުންފުނީގެ ސީއީއޯ އިބްރާހިމް ހުޝާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޝީޝާގެ އާ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އެންޑް މާކެޓިން، ފާތިމަތު ޖުމާން ވިދާޅުވީ އެ ފިހާރަ ހުޅުވަން އެ ކުންފުނިން އުންމީދު ކުރާތާ ދުވަސް ތަކެއް ވެފައިވާ ކަމަށެވެ. އަދި ފިހާރައިގެ ސަބަބުން ލ. އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަން އުންމީދު ކުރައްވާ ކަމަށެވެ.

ޝީޝާ އިން މިއީ ރާއްޖޭގައި ހުޅުވި ހަތަރު ވަނަ ޝޯރޫމެވެ. އެ ކުންފުނިން ދަނީ ހޮންޑާ ކުންފުންޏާ ގުޅިގެން ސައިކަލުގެ ފަހުގެ މޮޑެލްތައް ރާއްޖެއަށް ގެނެސް ވިއްކަމުންނެވެ.