އަތާ އަނގަފައި ބަލި

އަތާ އަނގަފައި ބަލި ފެތުރެނީ: ރައްކާތެރިވޭ!

"އަތާ އަނގަފައި" ބަލި، ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް ބާރަށް ފެތުރެން ފަށައިފި އެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވީ އަތާ އަނަގަފައި ބަލި ވަރަށް ބާރަށް ފެތުރެމުންދާ ކަމަށާއި އެ ބަލި ފެންނަމުންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ފެންނަމުން ދަނީ "އެންޓެރޯ ވައިރަސް" ނަމަކަށް ކިޔާ ވައިރަހަކުން ގައިން ގަޔަށް ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެ ގޮތުން އެ ބަލި އާންމުކޮށް ޖެހޭނީ 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އެއިން އެއްވެސް ތަނެއްގައި ބިހި ނަގައި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުން ރަނގަޅު، އަދި ގިނަ ކުދިން ކުޅޭ އެއްޗެހިތައް، ދޮރުގެ އަތްގަނޑުތައް ކަހަލަ ގިނައިން އަތް ޖެހޭ ތަންތަން ރަނގަޅަށް ސާފު ކުރަން ވާނެ،" ފައިސަލް ވިދާޅުވި އެވެ.