ހަބަރު

ޕިކްނިކް އައިލެންޑްގެ މަސައްކަތް ހަތް ކުންފުންޏަކާއި ހަވާލުކޮށްފި

Sep 18, 2019

މާލޭ އޭރިއާގައި ދިރިއުޅޭ މީހުން ދަތުރުދާން ސަރުކާރުން ހަމަޖެއްސި ޕިކްނިކް އައިލެންޑްގެ މަސައްކަތް ހަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މާލޭގައި ދިރިިއުޅޭ ރައްޔިތުން ޕިކްނިކްދާނެ ރަށެއް ނެތުމުން އެޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވެފައިވެ އެވެ.

އެނބޫދޫ ފަޅުގައި ހިއްކާފައިވާ ސަރަހައްދުގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ ހަތް ކުންފުންޏަކާ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައިވަނީ އެކުންފުނިތަކަށް ހަނދާނީ ފިލައެއްވެސް އަރުވާފައި ވެއެވެ.

މަސައްކަތް ހަވާލުކުރި ކުންފުނިތައް

  • އައިމާ ކޮންސްޓްރަކްޝަން
  • ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • އެޗްއެސްޕީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ކުރިހަރަ ކޮންގޔޯ ކޯ ލިމިޑެޓް
  • އެސްއެލްޕީ ގްރޫޕް
  • ލަމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

މި ހަތް ކުންފުނިން އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑް ހަދައިދެނީ ސީއެސްއާރުގެ ދަށުންނެވެ. މި ކުންފުނިތަކަކީ މިހާރުވެސް އެބޫދޫފަޅުގައި ހަދާ ރިސޯޓްތަކުގައި މަސައްކަތް ކުރާ ކުންފުނިތަކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިންހާ އެސްޓޭޓް ބުނީ މި ސަރަހައްދު ތަރައްގީ ކުރާނީ ދިވެހި ވަންތަ ގޮތްތަކަށް ކަމަށެވެ. މަޝްރޫއު ކުރިއަށް ގެންދަނީ ދިވެހި ކުންފުނިތަށާއި ދިވެހިންނަށް ފައިދާވާ ގޮތްތަކަށް ކަމަށެވެ. އަދި އެއްފަހަރާ ހަ އާއިލާ މަޑުކުރެވޭނެ ގޮތަށް ވިލާތައް ތަރައްގީ ކަމަށްވެސް ސިންހާ އިން ބުންޏެވެ.

އެކުންފުނިން ބުނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ އަހަރު އާންމުންނަށް ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލޯންޗްގައި 15 ވަރަކަށް މިނެޓުން ދެވޭ ޕިކްނިކް އައިލެންޑްގައި ކުޅިވަރު ކުޅުމާއި ދިވެހިންްގެ ކުރީގެ ވައްޓަފާޅިއާގުޅޭ ގިނަ ތަންތަނާއި ކުޑަކުދީންނަށް ހާއްސަކުރެވިފައިވާ ހިދުމަތްތައްވެސް ލިބޭނެ އެވެ. އެގޮތުން ވޯޓާ ސްޕޯޓްސްއާ ބާބަކިއު ސަރަހައްދަކާއި ބީޗް ސްޕޯޓްސް ހިމެނެ އެވެ. މީގެ އިތުރުން ފެމިލީ ކޮޓަރިތަކާއި ކިޑްސް ކްލަބްގެ އިތުރުން އަންހެނުން އަދި ފިރެހެނުންގެ ޗޭންޖިން ރޫމްއާ ލައިފް ގާޑުންނާއި ސިއްހީ ހިދުމަތްދޭނެ ތަންތަންވެސް ގާއިމް ކުރެވޭނެ އެވެ.