ކުޅިވަރު

ޒުވާން ޓީމު 18 އަހަރުން ދަށުގެ ސެމީ ފައިނަލަށް

ބޫޓާން އާ އެއްވަރުކޮށް، ގުރޫޕް އޭ ދެވަނަ ހޯދައިގެން ރާއްޖޭގެ ޒުވާން ގައުމީ ޓީމު 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ރާއްޖެއިން ބޫޓާން އާ އެއްވަރު ކުރުމުން، އެ ގުރޫޕްގައި ހިމެނޭ މުބާރާތުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ނޭޕާލް ވަނީ މުބާރާތުން ކަޓާފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ބޫޓާން ވަނީ ނޭޕާލް ބަލިކޮށްފަ އެވެ. ރާއްޖެއިން ވަނީ ފުރަތަމަ މެޗުގައި ނޭޕާލް އާ 1-1 ން އެއްވަރު ކޮށްފަ އެވެ.

މުބާރާތުގެ ކުރިން ރާއްޖޭގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ޓީމުގެ ފުރަތަމަ ޓާގެޓަކީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުން ކަމަށެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ އުމުރުފުރާ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.

މުބާރާތުގައި ސެމީ ފައިނަލުގައި ރާއްޖެއިން ނުކުންނާނީ ގުރޫޕް ބީ ގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. ބަންގުލަދޭޝް އާއި އިންޑިއާ އަދި ޝްރީ ލަންކާ ހިމެނޭ ގުރޫޕްގެ އެއް ވަނަ އަށް ދާ ޓީމެއް ކަށަވަރު ވާނީ މާދަމާ ބޫޓާން އާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ. މިވަގުތު އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އޮތް ބަންގުލަދޭޝް އެވެ.