މޫސުން

މޫސުން އިތުރަށް ގޯސްވެއްޖެ

Sep 24, 2019

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި 30 މޭލާ، 40 މޭލާ ދެމެދުގެ ބާރު މިނުމުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ.

ހއ. އިން ލ. އާ ހަމައަށް ޔެލޯ އެލާޓް އިޝޫކޮށްފައި ވަނީ މިރޭ ދަންވަރު 1:30 އާ ހަމައަށެވެ.

މޫސުން އިތުރަށް ގޯސްވުމާއެކު ވެސް އެހެން ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދޭން މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އަންގާފަ އެވެ.