ހަބަރު

ފުވައްމުލަކުން އިތުރު 40 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

Sep 25, 2019

ސަރުކާރުން ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓުން މިފަހަރު ކުރިމަތިލާން ފުރުސަތު ހުޅުވާލާފައި ވަނީ 40 ފްލެޓަކަށެވެ. އެއީ ކުރިން ދޫ ނޫކޮށް ހުރި 60 ފްލެޓްގެ ތެރެއިންނެވެ.

ފުވައްމުލަކު ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ދޫކުރަން ނިންމާފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީން 35 ފްލެޓާއި އެ ރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގެ ދަށުން ފަސް ފްލެޓް ކަމަށެވެ.

ފްލެޓަށް އެދެން އަންނަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފައި ވެއެވެ.

ފުވައްމުލަކުން އިތުރު 40 ފްލެޓަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، މީގެ ކުރިން ކުރިމަތިލާން ހުޅުވާލި 140 ފްލެޓަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ލިސްޓް މިދިޔަ މަހުގެ ތެރޭގައި ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ.