ހަބަރު

އިވޯވް ޖިމަށް އަހަރެއް: ތިން ދުވަސް ހިލޭ!

Sep 26, 2019
6

މާލޭގައި ހިންގާ "އިވޯވް" ޖިމަށް އަހަރެއް ފުރުން ފާހަގަ ކުުރަން އެ ޖިމަށް ގޮސް ކަސްރަތު ކުރަން ބޭނުންވާ މީހުނަށް ޖިމް ހުޅުވާލަން ނިންމައިފި އެވެ. އާންމުންނަށް ޖިމް ހުޅުވާލަނީ މި މަހުގެ 28 އިން 30 އާ ހަމައަށެވެ.

އެ ތިން ދުވަހު ޖިމް ބޭނުން ކުރަން ޝައުގުވެރިވާ މީހުންނަށް ހިލޭ އެ ފުރުސަތު އޮންނާނެ އެވެ.

"އިވޯވް އަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ނިންމީ ޖިމަށް އައިސް ވޯކްއައުޓެއް ހަދާލުމުގެ އެކްސްޕީރިއަންސް ހޯދައިދޭން ފްރީކޮށް. އެ ތިން ދުވަހު ކޮންމެ މީހަކަށް ވެސް އާދެވޭނެ. ބޭނުމަކީ ހެލްތީ ލައިފްސްޓައިލަށް ގިނަ މީހުން ގެންދިއުން" އިވޯވްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބޮކްސްހިޓް އަކީ އިވޯވް ޖިމްގެ އަމިއްލަ ޕްރޮގްރާމެއް

އިވޯވް އަކީ ދެ ޖިންސަށް ހުޅުވާލައިގެން ގުރޫޕް ފިޓްނަސް އާއި ޕާސަނަލް ޓްރެއިނިން ދޭ ޖިމެކެވެ. ސެޓިފައިޑް ޕްރޮފެޝަނަލް ޓްރެއިނަރުންނާއެކު ހިންގާ މި ޖިމްގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި "ބޮކްސްހިޓް" ތައާރަފު ކޮށްފައި ވެއެވެ.

އެއީ ބޮކްސިން އައި ވެއިޓް ޓްރެއިނިން ހިމެނޭ ގޮތަށް ދެ ޖިންސު ވަކިން ކުރިއަށްގެންދާ ހައި އިންޓެންސިޓީ ޕްރޮގްރާމެކެވެ.

އިވޯވް އިން ބުނާ ގޮތުގައި އެ ޖިމްގެ ޕެކޭޖުތަކަކީ އަަތްފޯރާ ފަށަށް ގެނެސްފައިވާ ޕެކޭޖްތަކެކެވެ. އަދި އެއްފަހަރު ގޮސް ހިދުމަތް ހޯދަން 65 ރުފިޔާގެ ދުވަހު ފީ އަކަށް ޖިމް ބޭނުން ކުރުމުގެ ފުރުސަތު ވެސް ދެއެވެ.

"އެއްފަހަރު އައިސް ކަސްރަތުކޮށްލުމަށް ސިންގަލް ޖިމް ޔޫސޭޖް ޕެކޭޖެއް ވެސް ހިޔާރު ކުރެވިދާނެ. އެއްވެސް ރެޖިސްޓްރޭޝަން ފީއެއް ނޯންނާނެ. އަދި ސިންގަލް ޕާސަނަލް ޓްރެއިނިން ކްލާހެއް ނަގާލުމުގެ ފުރުސަތު އިވޯވް ޖިމް އިން ކަސްޓަމަރުންނަށް ދޭ" އޮފިޝަލް ވިދާޅުވި އެވެ.