ކުޅިވަރު

ދި ހެމާ ޖިމުން ކުޑަކުދިންނަށް ހާއްސަ އަގެއް

Jul 24, 2021

ކުޑަކުދިން ފުޅަހެޔޮ ސިއްހަތެއްގައި ތިބެން ހިތްވަރު ދިނުމުގެ ގޮތުން ހެމާ ޖިމުން ކުޑަކުދިންނަށް ހާއްސަކޮށް އެ ޖިމަށް ވަނުމުގެ ފީ ކުޑަކޮށްދީފި އެވެ.

ގިނަ ބަޔަކު ކަސްރަތު ކުރަން ދާ ދަ ހެމާ ޖިމުން ބުނި ގޮތުގައި އާއްމުކޮށް އެ ޖިމުން ބޮޑެތި މީހުންނަށް މެންބަޝިޕް ފީގެ ގޮތުގައި 1060ރ. އަށެވެ. ނަމަވެސް 10 އަހަރުން ދަށުގެ ކުދިންނަށް މެންބަޝިޕްގެ ގޮތުގައި ނަގާނީ 530ރ. އެވެ. މި ގޮތަށް ހާއްސަ އަގެއް ކުދިންނަށް ދޭން ނިންމީ ސްކޫލް ބަންދު ދުވަސްތަކަށްވުމުން ކަސްރަތު ކުރަން ބޭނުންވާ ކުދިންނަށް ހާއްސަ އިސްކަމެއް ދޭން ކަމަށް އެ ޖިމުން ބުނެފައިވެ އެވެ.

ހެމާ ޖިމުން މީގެ ކުރިންވެސް ވަނީ ގިނަ އަދަދެއްގެ ޒުވާނުން ކަސްރަތުގެ ތެރެއަށް ނެރެފަ އެވެ. އެގޮތުން ބޮޑީ ބިލްޑިންގެ ދާއިރާ އަށް ގިނަ އަދަދެއްގެ ޒުވާނުން ނެރެފައިވެ އެވެ.

ބޮޑީ ބިލްޑިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ހިލޭ ފުރުސަތު ދީގެން 17އ. ގެ ޔަޒްދާން މުހައްމަދު އާއި 24އ،ގެ ނައުޝާދު ނަސީރު ތައްޔާރު ކުރާ މި ޖިމުންނެވެ. އަދި ހެމާގެ އެމްބެސެޑަރަކަށް ދަރުމަވަންތަ ސްކޫލްގެ އެންމެ މޮޅު ދަރިވަރު ކަމަށްވާ އަހްމަދު ރިފްއާން ރަޝީދު ވެސް ހަމަ ޖައްސައި، އޭނާ މުބާރާތަށް ނެރެފައިވެ އެވެ