ހަބަރު

36 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފި

ފަނަރަ ރަށެއްގައި ފެން ވިއުގަ ގާއިމުކޮށް 21 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް ކުންފުނި ހިމެނޭ ގޮތަށް ދެ ކުންފުޏަކާ ހަވާލު ކޮށްފި އެވެ. އަނެއް ކުންފުންޏަކީ ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑެވެ.

މިނިސްޓްރީން ބުނެފައި ވަނީ އެ ދެ ކުންފުންޏަކީ އިންޑިއާގެ ކުންފުޏަކާ އެސޯސިއޭޓްވެފައިވާ ދެ ކުންފުނި ކަމަށެވެ.

މި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހަވާލު ކުރި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކިއުރިޓީ ޒީނިޔާ އަހުމަދެވެ. އިޕޮކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުލް ސައްތާރެވެ.

ފަނަތަ ރަށެއްގައި ފެން ވިއުގަ ގާއިމު ކުރުމަށާއި 21 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހަވާލު ކުރި މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ އަރަ އެވެ. އަދި އެ މަސައްކަތްތައް ނިންމުމަށް ކަނޑައެޅީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.

ފެން ވިއުގަ ގާއިމު ކުރާ ރަށްރަށް

  • ނ. ހެނބަދޫ
  • ނ. މަނަދޫ
  • ށ. ފީވަކު
  • ބ. ކަމަދޫ،
  • ބ. މާޅޮސް
  • ރ. އިންނަމާދޫ
  • ކ. ހިންމަފުށި
  • އދ. އޮމަދޫ
  • އއ. މަތިވެރި
  • އއ. ދިއްދޫ
  • އދ. ފެންފުށީ
  • ތ. ދިޔަމިގިލި
  • ތ. މަޑިފުށީ
  • ހއ. މާރަންދޫ
  • ހއ. މުރައިދޫ

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާ ރަށްރަށް

  • ނ. ފޮއްދޫ
  • ނ. މާފަރު
  • ށ. ގޮއިދޫ
  • ޅ. އޮޅުވެލިފުށި
  • ރ. ފައިނު
  • އއ. ފެރިދޫ
  • އއ. ހިމަންދޫ
  • އދ. ކުނބުރުދޫ
  • މ. ނާލާފުށި
  • މ. ރަތްމަންދޫ
  • ވ. ކެޔޮދޫ
  • ވ. ރަކީދޫ
  • ގއ. ދެއްވަދޫ
  • ގއ. ނިލަންދޫ
  • ގދ. ނަޑެއްލާ
  • ލ. ހިތަދޫ
  • ލ. ކުނަހަންދޫ
  • ހދ. ކުމުންދޫ
  • ހދ. ހިރިމަރަދޫ
  • ހއ. ވަށަފަރު
  • ހއ. ތަކަންދޫ